މާލެ، މ. ސްޓާ، މުޙައްމަދު ރަޒީން (50 އަހަރު)
މާލެ، މ. ސްޓާ، މުޙައްމަދު ރަޒީން (50 އަހަރު)
ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ، މަރުވެފައި އޮއްވައި ފެނިފައިވަނީ މާލެ، މ. ސްޓާ، މުޙައްމަދު ރަޒީން (50 އަހަރު) ކަމަށެވެ. އޭނާއަކީ މީގެ ކުރިން ތަފާތު އެކި ކުށްތަކުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އެތައް ފަހަރަކު ގެންގޮސްފައިވާ މީހެކެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ، ހުޅުމާލޭގެ ގެސްޓް ހައުސްއެއްގެ ތިންވަނަ ފަންގިފިލާގެ ތެރޭގައި މީހަކު ޚަބަރު ހުސްވެފައި އޮތް ކަމުގެ މައުލޫމާތު ލިބުމާއެކު، އެ ސަރަހައްދަށް ގޮސް އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި މަރާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އޭނާ މަރުވާން ދިމާވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު