ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ރޫނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެކި ފަހަރު މަތިން ކޯޓަށް ހާޒިރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު، އިއްޔެ މެންދުރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ބާވަތަށް ބަލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެފައެވެ.
މި މައްސަލައިގައި ރޫނާގެ އިތުރުން މާލެ، ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އަލްޔާ ހައްޔަރުކޮށްފައިވަނީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ ކަސްޓަމްސްއިން އޭނާ ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރުމާ ގުޅިގެންނެވެ.
ރޫނާ ހައްޔަރުކޮށްފައިވަނީ ހަމަ އެ ރޭ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި ދެ މީހުންނަކީ ވެސް ރާއްޖެއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރުމުގެ ނެޓްވޯކަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު