ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަކިކުރުމުގެ ކުރިން، ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް ހުއްޓާލައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަކީ އިދިކޮޅު އެމްޑީޕީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ވަޒީފާގެ ރައްކާތެރިކަމަށްޓަކައި އެ ޕާޓީން ކުރާ އިހުތިޖާޖެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި، މިހާރު ވަޒީފާތަކުން ވަކިކުރަމުންދާ މީހުންގެ ތެރޭގައި ގިނައީ އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ފިޔަވަޅުތައް އާންމު ރައްޔިތުންނާއި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާ ހަމައަށްވެސް ފޯރާނެއެވެ. އެހެންކަމުން، ސިޔާސީ ފިކުރަށް ބެލުމެއް ނެތް ހުރިހާ މުވައްޒަފުންގެ ޙައްގުގައި އެމްޑީޕީން ވަކާލާތު ކުރަމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ސަރުކާރުގެ އިގްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވަމުން ޝަމްހީދު ވިދާޅުވީ، ޚަރަދު ކުޑަކުރާ ވާހަކަ ސަރުކާރުން ދެއްކި ނަމަވެސް އަމަލީ ގޮތުން އެފަދަ އެއްވެސް ފިޔަވަޅެއް ފެންނަން ނެތް ކަމަށެވެ. އެގޮތުން ބޭކާރު މަޝްރޫއުތައް ހުއްޓާނުލުމާއި، ކުންފުނިތަކުގައި ހިނގާ ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ނުކުރުމަކީ މިއަދުގެ ސަރުކާރުން ފެންނަމުންދާ ނޭދެވޭ މަންޒަރުތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ކޮންމެ މަހަކު އެކި ކަހަލަ އިވެންޓުތަކަށް މިލިއަނުން ޚަރަދު ކުރަމުންދާއިރު، އޭގެން ރައްޔިތުންނަށް ލިބޭ އެއްވެސް މަންފާއެއް ނެތް ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ކުރާ އިސްރާފުތައް ހުއްޓާލައި، ސިޔާސީ މުވައްޒަފުން މަދުކުރުމަށްފަހު ނޫނީ އާދައިގެ މުވައްޒަފުންގެ ވަޒީފާއަށް އަތްލައިގެން ނުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ޝަމްހީދު މިފަދައިން ވާހަކަދައްކަވާފައި މިވަނީ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގާފައިވާ ދަނޑިވަޅެއްގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު