ދިވެހި ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރަންވީ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ސަގާފަތެއް އަށަގަންނުވައި، ސަރުކާރުންދޭ އެހީތަކަށް ބަރޯސާވުން ކުޑަކުރުމަށް ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވީ މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ފޯރުކޮށްދޭ އެކި ބާވަތުގެ "ކޮއްތު" ނުވަތަ އިނާޔަތްތަކަށް ރައްޔިތުން މާބޮޑަށް ބަރޯސާވެފައި އޮޮތުމަކީ ގައުމުގެ ހަގީގީ މިނިވަންކަމަށް އޮތް ހުރަހެކެވެ.
"ސަރުކާރުގެ ކޮއްތަށް ބަރޯސާވާހާ ދުވަހަކު ހަގީގީ މިނިވަންކަމަށް ކުރާ ދަތުރުގެ މަންޒިލް އަތުވުމުގެ ރާސްތާ ދުރުވާނެ،" މަލީހު ވިދާޅުވިއެވެ.
މަލީހު އިތުރަށް ވިދާޅުވީ، ގައުމުގެ މިސްރާބު ބަދަލުކޮށް، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ އެހީއަށް ސަލާންޖެހުމުގެ ބަދަލުގައި، އަމިއްލަ މަސައްކަތުން ކުރިއަރައިދިއުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މަލީހު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ކަމްށްބުނެ، ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު