ހުޅުމާލޭ ފޭސް 1 ގެ ޗަނބޭލީ މަގުގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) ގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ގެއްލުންދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މުޖުތަމައުން އެކަހެރިކޮށްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާކަން ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ފަތިހު 3:47 ހާއިރު ކަމަށެވެ. މިހާދިސާގައި ގެއްލުން ދީފައިވަނީ މިސްކިތަށް ވަންނަން ހުންނަ މައި ދޮރުގެ ބިއްލޫރި ގަނޑަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން މިރޭ ވެސް ހަމަ އެ މިސްކިތަށް ގެއްލުންތަކެއް ދީފައިވާ ކަމަށް ތުހުމަތުކުރެވޭކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ މިރޭ މިސްކިތަށް ގެއްލުން ދިން ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. ފުލުހުން ގެންދަނީ މި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގުކުރަމުންނެވެ.
މިސްކިތަށް ދެފަހަރު މަތީން ގެއްލުން ދިންކަމަށް ތުހުމަތުކުރެވޭ މި މީހާގެ ނަފްސާނީ ނުވަތަ ޞިއްޙީ ހާލަތަށް ރިއާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ވަނީ އަޅާފައެވެ. އެގޮތުން އެމީހާ މިހާރު މުޖްތަމައުން އެކަހެރިކޮށް އެމީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު