ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަންނަ ކޮންމެ ފަހަރަކު ބޮޑެތި ގެއްލުންތަކާ ކުރިމަތިވެ ނިމިގެންދަނީ ނާކާމިޔާބީއަކުން ކަމަށް ވިދާޅުވެ، މަރުކަޒީ ބާރުތައް ދޫކޮށްލުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ، އައްޑޫ ސިޓީގެ "ސަވާހިލި" ސަރަޙައްދު ކުއްލި ގޮތަކަށް އައްޑޫ ސިޓީ ކައުންސިލްގެ އިޙްތިޞާޞްގެ ތެރެއިން ވަކިކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ފައިސަލް ވިދާޅުވީ އައްޑޫގެ ފޭދޫ ޓޫރިޒަމް ޒޯންގައި މިހާރުވެސް އެތައް ސަތޭކަ އެނދެއް ތައްޔާރުވަމުން އަންނަ ކަމަށާއި، ސަވާހިލި ސަރަޙައްދު ޓޫރިސްޓް ފެސިލިޓީއެއްގެ ގޮތުގައި ތަރައްޤީވުމަކީ އައްޑޫގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރައްޔިތުންނަށް ސީދާ ގޮތެއްގައި ޑޮލަރުން އާމްދަނީ ލިބި، މުޅި އަތޮޅުގެ އިޤްތިޞާދީ ނަފާ އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މައި ސަރުކާރުން ކައުންސިލް ތަކަށް ބާރުތައް ދޫކޮށް ރައްޔިތުންނަށް އަތޮޅުން ގިނަ ފައިދާ ނެރެވޭނެ ފުރުސަތު ތަކަށް ޖާގަދީ، މަގުފަހި ކުރަން ވާނެ،" ލާމަރުކަޒީ ނިޒާމުގެ މުހިންމުކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކަށް ތަރައްޤީ ލިބެން އޮތީ މައި ސަރުކާރުން ކޮންމެ ކަމަކަށް އަތްބޭނުމުގެ ބަދަލުގައި، ކަންކަން ކުރެވޭނެ ފަދަ ނިޒާމެއް އަތޮޅުތަކަށް ދައްކައިދީގެން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން މިއަދު އޮތް ހިސާބަށް ގެންދެވުނީ ޕްރައިވެޓް ސެކްޓަރ ނުވަތަ އަމިއްލަ ފަރާތްތަކުން ކުރި ބުރަ މަސައްކަތުންކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
ސަރުކާރުން ޓޫރިޒަމްގެ ތެރެއަށް ވަނުމާ ދެކޮޅަށް ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ސަރުކާރުން މި ދާއިރާގެ ތެރެއަށް ވަންނަ ކޮންމެ ފަހަރަކު ފެންނަނީ ފެއިލްވާ މަންޒަރު ކަމަށެވެ. އެހެންކަމުން، އަތޮޅުތަކުގެ ތަރައްޤީއަށް ހުރި ފުރުޞަތުތަކަށް ހުރަސް ނޭޅުމަށް އޭނާ ވަނީ ސަރުކާރަށް އިލްތިމާސްކުރައްވާފައެވެ.
އައްޑޫ ސަވާހިލި ސަރަޙައްދު ކައުންސިލްގެ އިޙްތިޞާޞްއިން ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން އައްޑޫގެ ބައެއް ރައްޔިތުންނާއި ކައުންސިލުން ވެސް އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު