އެމެރިކާގެ ޕާސްޕޯޓުގައި މެލޭޝިއާއަށް އެތެރެވާން އުޅުނު އިސްރާއީލުގެ ދެ ގައުމުގެ ރައްޔިތުކަން އޮތް މީހަކު، އެ ގައުމުގެ އިމިގްރޭޝަނުން ހިފަހައްޓައި އަނބުރާ ފޮނުވާލި ހާދިސާއާއެކު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގައި ގެންގުޅޭ 'ދެފުށްކެހޭ' ސިޔާސަތު މިއަދު މިވަނީ ބޮޑު ސުވާލެއްގެ ތެރެއަށް ވެއްޓިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާއި ޚާރިޖީ ވަޒީރު މުޙައްމަދު ޙަސަން ކަށަވަރުކޮށްދެއްވި ގޮތުގައި، އެމެރިކާ ޕާސްޕޯޓުގައި އެތެރެވާން އުޅުނު ނަމަވެސް، އެ މީހަކީ އިސްރާއީލުގެ ރައްޔިތުކަން އޮތް މީހެއްކަން އެނގުމާއެކު ފޮނުވާލީ އެ ގައުމުން ޒަމާނުއްސުރެ ގެންގުޅޭ ހަރުދަނާ އުސޫލުގެ ދަށުންނެވެ. މެލޭޝިއާއިން މުޅި ދުނިޔެއަށް ސާބިތުކޮށްދިނީ، ގައުމީ ސިޔާސަތެއް ތަންފީޒުކުރުމުގައި ވަކި ބާރުގަދަ ގައުމެއްގެ ޕާސްޕޯޓެއް އޮތަސް، އިސްރާއީލުގެ ރައްޔިތުކަން އޮތް ނަމަ އެތެރެނުވެވޭނެ ގޮތް ހެދުމުގެ ސިޔާސީ ހިތްވަރާއި ގާބިލުކަން އެ ގައުމުގެ ސަރުކާރުގައި ހުރިކަމެވެ.
ރާއްޖޭގައި އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް ގޮނޑިކޮށްލާފައިވާ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ދިގުލައިގެން ދާއިރު، ސަރުކާރުގެ ސުޕާ-މެޖޯރިޓީ އޮތް 241 ކޮމިޓީން ވަނީ ނުރައްކާތެރި ބަދަލެއް ބިލަށް ގެނެސްފައެވެ. އެއީ އިސްރާއީލުގެ އިތުރުން އެހެން ގައުމެއްގެ (މިސާލަކަށް އެމެރިކާ ނުވަތަ އިނގިރޭސިވިލާތް ފަދަ) ރައްޔިތުކަން އޮންނަ މީހުން، އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާ މާއްދާ ބިލުން އުނިކުރުމެވެ.
ސަރުކާރުން އިމިގްރޭޝަނާ ހަވާލާދީ މިކަމަށް ދައްކާ ބަހަނާއަކީ، ދެ ގައުމުގެ ރައްޔިތުކަން އޮތް މީހުން ބޯޑަރުން ވަކިކޮށް ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް، މެލޭޝިއާ ފަދަ ގައުމުތަކުން އެންމެ ޒަމާނީ އިމިގްރޭޝަން ނިޒާމުތައް މެދުވެރިކޮށް އެފަދަ މީހުން ފާހަގަކޮށް ފިޔަވަޅު އަޅަމުންދާއިރު، ރާއްޖެއަށް އެކަން ނުކުރެވެންވީ އެއްވެސް ފަންނީ ސަބަބެއް ނެތެވެ. މިއީ ބައިނަލްއަގުވާމީ ފިއްތުންތަކަށް ސަރުކާރުން ޖެހިލުންވާ މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުންގެ ކަންބޮޑުވުމަކީ، ރައީސް މުއިއްޒު ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލާ ދެކޮޅަށް ވަރުގަދަ ބަސްމަގު ބޭނުންކުރެއްވިޔަސް، އަމަލީ ގޮތުން ކުރައްވާ ކަންކަމުގައި އިޚުލާސްތެރިކަމެއް ނެތުމެވެ. އިސްރާއީލުގެ އާބާދީގެ ބޮޑު ބަޔަކީ ދެ ގައުމުގެ ރައްޔިތުކަން އޮންނަ މީހުންނަށްވާއިރު، އެ މީހުންނަށް ރާއްޖެއަށް އެތެރެވުމުގެ "ދޮރާށި" ހުޅުވާފައި ބެހެއްޓުމަކީ އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ އަސްލު މަގްސަދު ގެއްލިގެންދާ ކަމެކެވެ.
މެލޭޝިއާއިން ދެއްކި ނަމޫނާއިން އެނގެނީ އިސްރާއީލުގެ 'ޑުއަލް ސިޓިޒަނުން' މަނާކުރުމަކީ ހަމައެކަނި ސިޔާސީ އިރާދައެއް އޮވެގެން ކުރެވިދާނެ ކަމެއް ކަމެވެ. އެހެންކަމުން، ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނަށް ގެންނަން އުޅޭ ބަދަލަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަވެއެވެ. މިއީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާ ކަމަށް ދައްކައިގެން، ހަގީގަތުގައި އިސްރާއީލުގެ މަސްލަހަތު ހިމާޔަތްކުރުމަށް ހިންގާ އޮޅުވާލުމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު