މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރަށް މާދަމާ ރޭ ބާއްވާ އެމްޑީޕީގެ ހާރުގޭ ޖަލްސާގައި ރައްދު ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ޖުލައި 29 ވާ ހޯމަ ދުވަހުގެ ރޭ އެމްޑީޕީ ހާރުގޭގައި އޮންނަ ޖަލްސާގައި ވާހަކަފުޅު ދައްކަވާނެ ކަމަށާއި، އެ ވާހަކަފުޅަކީ ރައީސް މުއިއްޒުގެ މިނިވަން ދުވަހުގެ ތަގުރީރަށް ދެއްވާ ޖަވާބެއް ކަމަށެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަގުރީރާ ގުޅިގެން ސިޔާސީ އެކި ފަރާތްތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް، މިނިވަން ދުވަހެއްގައި ރައްޔިތުންނާ މުޚާތަބުކުރައްވާއިރު، ރައްޔިތުންނަށް އުފާވެރިކަމާއި މިނިވަންކަމުގެ އިޙްސާސް ކުރެވެންޖެހޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން، އާންމުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ވެރިއަކު މިފަދަ ގައުމީ މުނާސަބަތެއްގައި ރައްޔިތުން 'ވިކްޓިމައިޒް' ވާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ގިނަ ބަޔަކު މާޔޫސްވެފައިވާ ކަމަށްވެސް ބައެއް ސިޔާސީ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

Maadhamaa Rey 29July gai ona Haruge Jalsaa gai alhugadu vaahaka dhahkaanan. Raees Dr. Muiz ge Haruge Jalsaa Minivan dhuvahuge speech ah javaab dheyn. 😁 pic.twitter.com/DQO2SVO2nR
— Mohamed Nasheed (@MohamedNasheed) July 28, 2026
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަގުރީރާ ގުޅިގެން ސިޔާސީ އެކި ފަރާތްތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް، މިނިވަން ދުވަހެއްގައި ރައްޔިތުންނާ މުޚާތަބުކުރައްވާއިރު، ރައްޔިތުންނަށް އުފާވެރިކަމާއި މިނިވަންކަމުގެ އިޙްސާސް ކުރެވެންޖެހޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މީގެ އިތުރުން، އާންމުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ވެރިއަކު މިފަދަ ގައުމީ މުނާސަބަތެއްގައި ރައްޔިތުން 'ވިކްޓިމައިޒް' ވާނެ ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ގިނަ ބަޔަކު މާޔޫސްވެފައިވާ ކަމަށްވެސް ބައެއް ސިޔާސީ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު