އޮސްޓްރޭލިއާގެ މަޝްހޫރު 'ބިޔޯން އަގެއިން' ބޭންޑުން ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ މިއުޒިކް ޝޯ ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސްޕޯޓްސް މިނިސްޓްރީން މިއަދު ދޮގުކޮށްފިއެވެ.
އުބާ އިވެންޓްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯއަށް ބޭނުންވާ ސްޕޮންސަރުން ހޯދައި، ޓިކެޓު ވެސް ވިއްކާފައި ވަނިކޮށް، ޝޯ ކެންސަލްކުރަން ސަރުކާރުން އެންގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުން އެ ޝޯ ހުއްޓުވާފައި ނުވާނެ ކަމަށެވެ. ނަމަވެސް، ޝޯ ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި މިވަގުތު ކޮންމެހެން ކުރަންޖެހޭ މަރާމާތުތަކެއް ހުރުމުން، އެހެން ތަނަކަށް ޝޯ ބަދަލުކޮށްދިނުމަށް އިންތިޒާމުކުރާ ފަރާތުގައި އެދިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ތަފްސީލު ދެމުން ބުނިގޮތުގައި، ސޯޝަލް ސެންޓަރުގެ ސްޓޭޖުގެ ފުރާޅު ހިމެނޭ ގޮތަށް އިންޑޯ ހޯލުގެ ބޮޑެތި މަރާމާތުތަކެއް ވަގުތުން ކުރަން ޖެހިފައިވެއެވެ. އެހެންކަމުން، ސަލާމަތީ ސަބަބުތަކަށްޓަކައި އެތަނުގައި ޝޯ ކުރިއަށް ގެންދިއުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް މިނިސްޓްރީއަށް ފެންނަ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ޝޯ ބޭއްވުމަށް އެހެން ތަނެއް ހަމަޖެއްސުމުގައި ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން އުބާ އިވެންޓްސްއަށް ދީފައިވާނެ ކަމަށް ވެސް ސްޕޯޓްސް މިނިސްޓްރީން ހާމަކުރިއެވެ. މި ސަރުކާރަކީ ފަންނާނުންގެ މަސައްކަތްތަކަށް ހިތްވަރުދޭނެ ސަރުކާރެއް ކަމަށާއި، އެއްވެސް ހަރަކާތެއް ހުއްޓުވުމުގެ ގަސްތެއް ސަރުކާރުގެ ނެތް ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު