މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކުރުމަށް ރިސޯޓްތައް އިޚްތިޔާރު ކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން 72.9 އިންސައްތަ ނުވަތަ 877،914 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުންދާ 185 ރިސޯޓުގެ ތެރެއިން 179 ރިސޯޓަކުން ދަނީ ފަތުރުވެރިންނަށް ޚިދުމަތް ދެމުންނެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީއަކީ 45،115 އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،229،419 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތަށް ލިބޭ ޓެކްސް އާމްދަނީއަށް ބަލާއިރު، މިއަހަރުގެ ޖުލައި 16 އާ ހަމައަށް 17.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 15.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު، ހިލޭ އެހީއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު ވަނީ 23 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ނުވަތަ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީއަށް ވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު މިންވަރު ވަނީ 475 މިލިއަން ރުފިޔާ ނުވަތަ 7.7 އިންސައްތަ އިތުރުވެފައެވެ.
ޓީ.ޖީ.އެސް.ޓީ އާއި އާންމު ޖީ.އެސް.ޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 9.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 9 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.7 ބިލިއަން ރުފިޔާއިން 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު