ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ ތަހުގީގަށް ހިފަހައްޓާފައި ހުރި ޑޮލަރުތަކެއް ހަލާކުވި މައްސަލާގައި އިހުމާލުވި ފުލުހަކު ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ލަފާދީފިއެވެ.

ފުލުހުންނާ ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން މިއަދު ބުނީ، އެ އިދާރާގެ ބެލުމުގެ ދަށުގައި ހުއްޓާ ހަލާކުވި ތިރީސް ހާސް ޑޮލަރުގެ މައްސަލައިގައި އިހުމާލުވި ފުލުހަކު ވަޒީފާއިން ވަކިކުރަން ލަފާދިނީ ޑިސިޕްލިނަރީ ބޯޑުން ކަމަށެވެ.

އެމައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގު ކުރުމަށްފަހު ގޮތެއް ނިންމަން ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެ ފުލުސް އޮފިސަރު ވަކިކުރަން ލަފާދިން ނަމަވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން އެ އޮފިސަރު ވަޒީފާއިން ސަސްޕެންޑުކުރަން މި މަހުގެ ހަތް ވަނަ ދުވަހު ވަނީ ނިންމާފައެވެ.

2019 ވަނަ އަހަރު ފުލުހުން ތަހުގީގުކުރި މައްސަލައެއްގައި ހިމެނޭ މި ޑޮލަރުތައް ހުރީ ފިނޭންސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައެވެ. މިއީ، މައްސަލައަކާ ގުޅިގެން ފުލުހުން ދިޔަ ސީނަކުން ފެނުނު 30،000 ޑޮލަރެވެ.

މި ޑޮލަރުތައް ހަލާކުވި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު