އިންޓަނެޓާ ނުގުޅައި (އޮފްލައިންކޮށް) މަސައްކަތްކުރާ، އަދި އަޑުގެ އަމުރަށް ބޯލަނބާ އޭއައި ވާހަކަ ކިޔައިދޭ ކުޑަ ޑިވައިސެއް އުފައްދައި، އުމުރުން އެންމެ 8 އަހަރުގެ ކުއްޖަކު ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން އަތުލައިފިއެވެ.
"ލަކްޝް" ނަމަކަށް ކިޔާ އިންޑިއާ މި ކުޑަކުއްޖާ މި އާލާތް ތައްޔާރުކޮށްފައިވަނީ އެންމެ 8 ޑޮލަރު (ގާތްގަނޑަކަށް 123 ދިވެހި ރުފިޔާ) ގެ އަގުހެޔޮ މައިކްރޯކޮންޓްރޯލަރެއް ބޭނުންކޮށްގެންނެވެ. މި ޑިވައިސްގެ ހާއްސަ ސިފައަކީ ވައިފައި، ކްލައުޑް ހިދުމަތްތައް ނުވަތަ އެއްވެސް އޭޕީއައި އަކަށް ބަރޯސާވުމެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމެވެ. މި އުފެއްދުމުގައި މައިކްރޯކޮންޓްރޯލަރުގެ އިތުރުން މައިކްރޯފޯނަކާއި، ސްޕީކަރެއް އަދި އެމްޕްލިފަޔަރެއް ހިމަނާފައިވެއެވެ.
މި ޑިވައިސްއަށް އަޑުން އަމުރުކުރުމުން (މިސާލަކަށް "މަޖާ ވާހަކައެއް ކިޔައިދީ"، "ޕްލޭ"، "ޕޯސް" ނުވަތަ "ދެން އޮތް ވާހަކަ ކިޔައިދީ") އަމިއްލައަށް ކުރު ވާހަކަތައް އުފައްދައި، އެ ވާހަކަތައް އަޑުން ކިޔައިދެއެވެ. މީގެ އިތުރުން، ވާހަކަ ކިޔައިދޭއިރު ޑިވައިސްގެ ސްކްރީނުން ސާދާ އެނިމޭޝަންތައް ވެސް ފެންނަން ހުރެއެވެ.
ލަކްޝް މި ޕްރޮޖެކްޓްގައި ބޭނުންކޮށްފައިވަނީ މައިކްރޯކޮންޓްރޯލަރުތަކަށް ހާއްސަކޮށް ޑިވެލޮޕަރަކު އުފައްދާފައިވާ "އޯޕަން ސޯސް" އޭއައި މޮޑެލްއެކެވެ. އޭނާ ވަނީ މި މޮޑެލް އިތުރަށް ތަރައްގީކޮށް، އަޑުގެ އަމުރުތަކަށް އިޖާބަދޭނެ ގޮތް ހަދައި، ވާހަކަ ކޮންޓްރޯލް ކުރެވޭނެ ފީޗާތަކާއި އެނިމޭޝަންތައް އޭގެ ތެރެއަށް އިތުރުކޮށްފައެވެ. މި މޮޑެލްގެ އަސްލު ކޯޑު "ގިޓްހަބް" މެދުވެރިކޮށް އާންމުކޮށްފައިވުމުން، އެހެން ފަރާތްތަކަށް ވެސް މީގެ އެހީގައި އައު އުފެއްދުންތައް ބިނާކުރުމުގެ ފުރުސަތު އޮވެއެވެ.
މި ޑިވައިސް ދައްކާލުމަށް ބޭއްވި ޑެމޮންސްޓްރޭޝަނެއްގައި ލަކްޝް ކިޔައިދިން ގޮތުގައި، ޑިވައިސްގެ ހުރިހާ ޕްރޮސެސިންގއެއް ހިނގަނީ އޭގެ އެތެރޭގައެވެ. ނަމަވެސް، މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާހަކަ ކިޔައިދޭ އަޑު ތަންކޮޅެއް އާދައިގެ ގޮތަކަށް (ރޮބޮޓިކްކޮށް) ހުރުން ކަމަށާއި، ކުރިއަށް އޮތްތަނުގައި އަޑުގެ ފެންވަރު ރަނގަޅު ކުރުމަކީ އޭނާގެ އަމާޒެއް ކަމަށް ވެސް ބުންޏެވެ.
އާންމު ސްކޫލްތަކަށް ދިއުމުގެ ބަދަލުގައި އަމިއްލައަށް އުނގެނުމުގެ "ފްލެކްސިބަލް" މޮޑެލްއަކަށް ކިޔަވަމުންދާ ލަކްޝްގެ މި ކާމިޔާބީން ހާމަވަނީ، އިންޓަނެޓްގެ ހިދުމަތް ނެތް ތަންތަނުގައި ވެސް، އަގުހެޔޮ ވަސީލަތްތަކާއި އޯޕަން ސޯސް އޭއައި ބޭނުންކޮށްގެން ބޭނުންތެރި ޓެކްނޮލޮޖީތައް އުފެއްދިދާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު