ހުޅުމާލެ ފޭސް 1 ގައި ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން 10,000 ރުފިޔާ އޮތް ވޮލެޓެއް ފޭރުނު މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް، ފޭރުނު ފައިސާއާއި ވޮލެޓް ހޯދައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ އެފްޑަބްލިއު ރެސިޑެންސް ކައިރިންނެވެ. ބައިސްކަލުގައި ދިޔަ ބިދޭސީ މީހާގެ އަތުން، ސައިކަލެއްގައި ދިޔަ ދެ މީހަކު ވޮލެޓް ފޭރުނު މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރުއެވެ.
މައްސަލަ ހުށަހެޅުމާއެކު ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި އިންވެސްޓިގޭޝަން ގުޅިގެން، ސީސީޓީވީ ފުޓޭޖްތައް ބަލައި ތުހުމަތުކުރެވޭ މީހުން ހޯދުމުގެ އަވަސް މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
މި މަސައްކަތުގެ ތެރެއިން، އެ ރޭގެ 12:30 އެހައިކަންހާއިރު އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ގދ. ވާދޫ / އަތަމާގެ، ޢިޖާޒު ނަޞީރު (40އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް، އެ މީހާ މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
ފުލުހުން ބުނީ ބިދޭސީ މީހާގެ އަތުން ފޭރުނު ވޮލެޓާއި 10,000 ރުފިޔާ މިހާރު ވަނީ އަނބުރާ ހޯދާފައި ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު