އިންސާނީ ކަރާމާތް ރައްކާތެރި ކުރުމަށާއި، އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމައު ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ގައުމުގެ އިގްތިސާދާއި، ޑިޖިޓަލް ފަންނިއްޔާތުގެ ކުރިއެރުންތަކާއި، ބައިނަލްއަގްވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އިންސާނުންނަށް އަނިޔާދީ، އެކަމުން ނަފާ ހޯދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ބާރުއަޅުއްވާފައިވެއެވެ.
އަދި މި ނުރައްކާތެރި އަމަލުތަކުން ސަލާމަތްވުމަށްޓަކައި ޖަމިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް ފާރަވެރިވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މި އަހަރުގެ އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ދުވަހުގެ ޝިޔާރަކީ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އެވެ. މި ޝިޔާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ ދިއުމަކީ މުޅި ސަރަހައްދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެތައް ބަޔަކު ސްކޭމްތަކުގައި ބެދި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަންޖެހޭ ހާލަތަށް ހުށަހެޅޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ މަސައްކަތްތެރިންގެ މައްޗަށް ކަމަށްވާއިރު، ރާއްޖޭގައި އުޅޭ ކޮންމެ މީހެއްގެ އިންސާނީ ހައްގާއި ކަރާމަތް ރައްކާތެރިކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މިގޮތުން ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" އާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ފުރަތަމަ ގައުމީ އެކްޝަން ޕްލޭން އެކުލަވާލުން ފަދަ މުހިންމު ފިޔަވަޅުތައް ސަރުކާރުން އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވާލުމަކީ ގެނެވުނު މުހިންމު އިސްލާހުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިވުމަށް "މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރު" އަދި "މައިގްރެންޓް ކަނެކްޓް ޕޯޓަލް" ގާއިމުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، އިންސާނީ ކަރާމާތަށް އުނިކަމެއް ނާަންނާނެ ފަދަ، ކޮންމެ މީހަކަށްމެ އިހްތިރާމާއި ގަދަރާއެކު މުއާމަލާތުކުރެވޭނެ ދިވެހިރާއްޖެއެއް ބިނާކުރުމުގެ އަޒުމު އާކުރައްވަމުންނެވެ. ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 30 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު