އެމެރިކާގެ ޕެންސިލްވޭނިއާގައި ދެ ބޯ ލައިގެން އުފަންވި ހޯނެއް، ހަތަރު ހަފުތާ ވަންދެން ދިރިހުރުމުގެ ސަބަބުން ތަޖުރިބާކާރުންނާއި އާންމުން ބޮޑު ހައިރާންކަމެއްގެ ތެރެއަށް ދޫކޮށްލައިފިއެވެ.
"ސައިމަން އެންޑް ގާފަންކަލް" ގެ ނަން ދީފައިވާ މި ހުނބުލައިގެ ދެ ބޯ ވަކިން އިންނައިރު، ކޮންމެ ބޮލެއްގައި ވަކި ސިކުނޑިއެއްވެއެވެ. އާންމުގޮތެއްގައި މިފަދަ ހާލަތްތަކުގައި ދެ ސިކުނޑި ހަށިގަނޑު ކޮންޓްރޯލް ކުރުމަށް ވާދަކުރި ނަމަވެސް، މި ހޯނުގެ ދެ ސިކުނޑި ގުޅިގެން މަސައްކަތްކުރާކަން ވަނީ ފާހަގަކުރެވިފައެވެ.
ޕެންސިލްވޭނިއާގެ ރެޕްޓައިލް އާލާކުރާ މަރުކަޒެއް ކަމަށްވާ "ރޮކްސްޓާ ގެކޯސް" ގައި މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު އުފަންވި މި ހޯނު އޮތް ބިހަކީ ބޭރުފުށުން ބަލާއިރު މުޅިން އާދައިގެ ބިހެކެވެ. ނަމަވެސް ބިސް ފީވެގެން ނުކުތްއިރު ދެ ބޯ އިނުމުން އެތަނުގެ ބެލެހެއްޓުންތެރިންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ސައިންސްވެރިން ކުރިން ލަފާކުރި ގޮތުގައި، މިފަދަ އުނިކަމެއް ހުންނަ ދިރޭ އެއްޗެހި ގިނަ ދުވަހު ދިރިއެއް ނޯންނާނެއެވެ.
"ޑައިސެފަލީ" ގެ ނަމުން ނަންދެވިފައިވާ މި ހާލަތަކީ ބިހުގެ ތެރޭގައި އެމްބްރިއޯ އެކަށީގެންވާ ގޮތެއްގައި ވަކިނުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި ހަށިގަނޑުގެ ހަރަކާތްތަކަށް ބުރޫއަރައި، ދިރިހުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. އެހެންނަމަވެސް، މި ހޯނުގެ ދެ ބޯ އިންނަ ގޮތުން އެއް ބޮލުން އަނެއް ބޮލަށް އުނދަގޫނުވާކަން ފާހަގަކުރެވެއެވެ. އަދި ދެ ބޮލުންވެސް ވަކިވަކިން ކެއިންބުއިން ކުރިއަށްގެންދާއިރު، އޭގެ ހަރަކާތްތައް ދަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ.
ބަރުދަނުގައި އެންމެ 1.8 ގްރާމް ހުރި މި ކްރެސްޓެޑް ގެކޯއަށް ބެލެހެއްޓުންތެރިން ދަނީ ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާކުރަމުންނެވެ. އާންމުކޮށް މި ބާވަތުގެ ހޯނު ބޮޑުވުމުން 8 އިންޗިއާއި 10 އިންޗިއާ ދެމެދުގެ ދިގުމިނެއް ހުންނައިރު، ބަރުދަނުގައި 35 އާއި 45 ގްރާމް ހުރެއެވެ. މި ހޯނުގެ އެތެރެހަށީގެ ގުނަވަންތައް ހުރިގޮތް ދެނެގަތުމަށް އެކްސްރޭއެއް ނެގުމަށް ތަޖުރިބާކާރުން ލަފާދީފައިވީ ނަމަވެސް، އޭގެ ކުޑަކަމާއި ނާޒުކުކަމުގެ ސަބަބުން އެކަމާމެދު އަދި ވަނީ ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު