މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއާ ގުޅޭގޮތުން، ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި ކުންފުނިތަކާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މީރުމާގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ ވުޒާރާތަކާއި، މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ކެޕްޓަން މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށްގެންދާއިރު، ހުރިހާ ސްޓޭކްހޯލްޑަރުންގެ ލަފަޔާއި އިރުޝާދު ހޯދުމަކީ އެ ކުންފުނިން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ.
"މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މި މަޝްރޫއު ކުރިއަށްގެންދިއުމުގައި ކަމާބެހޭ ފަރާތްތަކުން ބޭނުންވާ މުހިއްމު މައުލޫމާތުތައް ހޯދައި، އެ ފަރާތްތަކުގެ ލަފަޔާއެކު ތިލަފުށީގެ ބަނދަރު ހިންގުމުގެ މަސައްކަތް ފެށުން. އަދި ވިޔަފާރިތަކަށް ލުއިފަސޭހަވާނެ ގޮތަކަށް، ހުރިހާ މުއައްސަސާތަކެއްގެ ވިސްނުމާ އެއްގޮތަށް ބަނދަރު ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން،" ސީ.އީ.އޯ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަޝްރޫއުގެ ތަފްސީލީ މައުލޫމާތުތައް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް، މަސައްކަތް ކުރިއަށްދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިގްތިސާދީ މުހިއްމު ސިޔާސަތެކެވެ. ތިލަފުށީގައި ގާއިމުކުރާ މި ބަނދަރަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" ބަނދަރަކަށް ވެގެންދާނެއެވެ. އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މި ބަނދަރުގެ ހިދުމަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މި ބަދަލާއެކު، މިހާރު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު