ކާނާގެ ބާވަތްތަކުގައި ޕްރޮޓީން ހިމެނުމަކީ މިހާރަކަށް އައިސް ސިއްހީ ދާއިރާގައި އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދާ އެއް ކަމެވެ. ޕްރޮޓީން ކޮފީއާއި، ސީރިއަލް، ޗިޕްސް އަދި ފޮނިކާތަކެތީގެ ބާވަތްތަކުގައި ވެސް ޕްރޮޓީން އިތުރުކޮށްގެން ބޭނުންކުރުމަކީ (ޕްރޮޓީން މެކްސިންގ) މިހާރު ވަރަށް ބޮޑު "ޓްރެންޑަކަށް" ވަނީ ވެފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޕްރޮޓީން ގިނައިން ބޭނުންކުރުމަކީ ދުޅަހެޔޮކަމާއި، ހަށިގަނޑު ވަރުގަދަކުރުމާއި، އަދި ދިގު އުމުރަކަށް އޮތް އެންމެ މުހިންމު ތަޅުދަނޑިއެވެ. ނަމަވެސް، ދާދިފަހުން ކުރެވުނު ސައިންޓިފިކް ދިރާސާއަކުން ދައްކާ ގޮތުގައި، ދުޅަހެޔޮ ގިނަ ބޮޑެތި މީހުންނަށް، ޕްރޮޓީން ބޭނުންކުރާ މިންވަރު އިތުރުވުމަކީ އަބަދު އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
"ސެލް ޕްރެސް ބްލޫ" ޖަރނަލްގައި ޝާއިޢުކޮށްފައިވާ މި ދިރާސާއަކީ ބަޔޯމެޑިކަލް ރިސާޗަރު އަދި ޕެތޮލޮޖިސްޓް ޑަޑްލީ ލޭމިންގް އިސްވެ ހުންނަވައި ކުރިއަށް ގެންދެވި މަސައްކަތެކެވެ. މި ދިރާސާގައި އިންސާނުންނާއި، މީދަލާއި، ސޫތްޕާއި އަދި އެހެނިހެން ދިރޭ ތަކެތި ހިމެނޭހެން 350 އަށްވުރެ ގިނަ ތަފާތު ދިރާސާތައް މުތާލިއާކޮށްފައިވެއެވެ. މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، ޕްރޮޓީން ބޭނުންކުރާ މިންވަރު މެދުމިންވަރަކަށް މަދުކުރުމުން ނުވަތަ ޕްރޮޓީންގައި ހިމެނޭ ވަކި ޚާއްޞަ އެމިނޯ އެސިޑްތަކެއް މަދުކުރުމުން، ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، މުސްކުޅިވުމުގެ މަރުހަލާގައި ސިއްހީ ގޮތުން ފައިދާތަކެއް ލިބިގެންދެއެވެ.
ޕްރޮޓީން މަދުކުރުމުން ހަށިގަނޑުގައި ދިގު އުމުރަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ހީވާގިވެގެންދާކަން ސައިންސްވެރިންނަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ 'ފިބްރޯބްލާސްޓް ގްރޯތް ފެކްޓަރ 21' ނަމަކަށް ކިޔާ ހޯރމޯނެއް އިތުރުވުމެވެ. މި ހޯރމޯނަކީ ހަށިގަނޑުގައި ހަކަތަ އަންދާ މިންވަރު އިތުރުކޮށްދީ، ސަރުބީ ގުދަން ކުރުމުގެ ބަދަލުގައި އެ ސަރުބީ ހަކަތައިގެ ގޮތުގައި ބޭނުންކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ ސަބަބުން މެޓަބޮލިކް ސިއްހަތު ރަނގަޅުވުމާއި، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްވުމާއި، ހަށިގަނޑުގެ ސަރުބީ މަދުވުން ފަދަ އެތައް ފައިދާތަކެއް ލިބިގެންދެއެވެ.
މީގެ އިތުރުން، ޕްރޮޓީން ބޭނުންކުރާ މިންވަރު މަދުކުރުމަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތައް މަރާމާތުކުރުމަށާއި، ބާވެފައިވާ ސެލްތައް ނައްތާލައި އަލުން އުފެއްދުމަށް ލިބޭ ބާރެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް މަސައްކަތްކުރާ މިންވަރު ހަރުދަނާވެ، އުމުރުން ދުވަސްވާއިރު ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ނަމަވެސް، ދިރާސާކުރާ ފަރާތްތަކުން ބާރުއަޅަނީ ޕްރޮޓީން ބޭނުންކުރާ މިންވަރު 'މަދުކުރުމަކީ' ޕްރޮޓީން 'ނުލިބި މަދުވުން' ނޫން ކަމަށެވެ. ޕްރޮޓީނަކީ މަސްތައް ބިނާކުރުމަށާއި، ހޯރމޯންތަކާއި އެންޒައިމްތައް އުފެއްދުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ.
އާންމުކޮށް ދުޅަހެޔޮ ބޮޑު މީހަކަށް ދުވާލަކު ބޭނުންވަނީ ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ކިލޯއަކަށް 0.8 ގްރާމްގެ ޕްރޮޓީނެވެ. މާނައަކީ 70 ކިލޯ ހުންނަ މީހަކަށް ދުވާލަކު ގާތްގަނޑަކަށް 55 ގްރާމް ޕްރޮޓީން ފުދެއެވެ. ނަމަވެސް، ގަވާއިދުން ކަސްރަތުކުރާ މީހުންނާއި، މަސްތައް ވަރުގަދަ ކުރަން ބޭނުންވާ މީހުންނާއި، މާބަނޑު މީހުންނާއި، ކަނބަލުން ގާތުން ކިރުދޭ ދުވަސްވަރުގައި، އަދި ބަލިތަކުން ފަސޭހަވަމުންދާ މީހުންނަށް މިއަށްވުރެ ގިނައިން ޕްރޮޓީން ބޭނުންވެދާނެއެވެ. އުމުރުން ދުވަސްވުމުން މަސްތައް ބަލިކަށިވުން ހުއްޓުވުމަށްޓަކައި ޕްރޮޓީނާއެކު ކަސްރަތުކުރުމަކީ ވެސް މުހިންމު ކަމެކެވެ.
މި ދިރާސާގެ ހޯދުންތަކަކީ އުއްމީދީ ހޯދުންތަކެއް ނަމަވެސް، ސައިންސްވެރިން ވިދާޅުވަނީ މިއީ އަދި އެންމެ ފަހުގެ ނިންމުން ނޫން ކަމަށެވެ. މި ދިރާސާގައި ބޭނުންކޮށްފައިވާ ގިނަ ތަޖުރިބާތަކަކީ ޖަނަވާރުންގެ މައްޗަށް ކޮށްފައިވާ ދިރާސާތަކަށް ވާތީ، އިންސާނުންގެ ހަށިގަނޑަށް މީގެ އަސަރުކުރާނެ ގޮތް އިތުރަށް ކަށަވަރުކުރުމަށް ދިގު މުއްދަތުގެ ދިރާސާތައް ބޭނުންވެއެވެ. އަދި ކިޑްނީގެ ބަލިތައް ނުވަތަ ފުރަމޭގެ ބަލިތައް ހުންނަ މީހުން ޕްރޮޓީން ބޭނުންކުރުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު