މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާ މިދަނޑިވަޅުގައި، މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް ސްކޭމްގެ 33 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން ހާމަވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ހުށަހެޅުނު މި މައްސަލަތަކުގައި ޖުމްލަ 184,235 ރުފިޔާ އާންމުންގެ އަތުން ވަނީ ގެއްލިފައެވެ. ނަމަވެސް، ފުލުހުން ކުރި ހަލުވި މަސައްކަތުން މީގެ ތެރެއިން 72,073 ރުފިޔާ މިހާރު ވަނީ އަނބުރާ ހޯދައިދީފައެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މިހާރު އެންމެ ގިނައިން ހުށަހެޅެނީ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މަކަރާއި ހީލަތުގެ މައްސަލަތަކެވެ. އެގޮތުން ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި އެކަނިވެސް އޮންލައިން ވިޔަފާރީގެ 16 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށްޓަކައި، އޮންލައިންކޮށް މުދާ ގަންނައިރު ވިއްކާ ފަރާތަކީ އިތުބާރު ހުރި ސައްހަ ފަރާތެއްތޯ ކަށަވަރު ކުރުމަށާއި، އަތަށް މުދާ ނުލިބެނީސް ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މިދުވަސްވަރު އަލަށް ފެންމަތިވަމުންދާ "ބުކިންގ ކެންސަލް ރިފަންޑް" ސްކޭމްތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިންޒާރު ދީފައެވެ. މިއީ ތަންތަން ބުކްކޮށްފައިވާ ފަރާތްތަކަށް ގުޅައި، ބުކިންގ ކެންސަލްވުމުން ފައިސާ އަނބުރާ ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ބޭންކް އެކައުންޓްތަކުގެ މައުލޫމާތާއި ފައިސާ ހޯދުމަށް ހިންގާ ޖަރީމާއެކެވެ.
އަދި ވިޔަފާރިކުރާ ފަރާތްތަކުން ސައްހަނޫން ޓްރާންސްފާ ސްލިޕްތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އެގޮތުން އެއްވެސް މުދަލެއް ދޫކުރުމުގެ ކުރިން ނުވަތަ މީހަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކް އެޕް މެދުވެރިކޮށް ޔަގީންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ފުލުހުން ހާމަކުރިއެވެ.
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަށާއި، އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު