މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ އިސް ނިންމުންތައް ނިންމާ "ކޮންގްރެސް" އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މި ގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ބޮޑު އަގުލަބިއްޔަތުންނެވެ.
ކޮންގްރެސް ބާއްވާނެ ތާރީޚެއްގެ ގޮތުގައި ސެޕްޓެމްބަރު 19 ވަނަ ދުވަސް ކަނޑައެޅުމަށް ހުށަހަޅުއްވީ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ހުށަހެޅުމާ ގުޅޭގޮތުން ކުރެވުނު ބަހުސްގައި، މިހާރު އޮތް ގައުމީ މަޖިލީހުގެ ދައުރު ސެޕްޓެމްބަރު 25 އަށް ހަމަވާތީ، ޕާޓީގެ އިންތިޚާބަށްފަހު ކޮންގްރެސް ބޭއްވުމަށް ބައެއް މެންބަރުން ޚިޔާލު ފާޅުކުރެއްވިއެވެ. ނަމަވެސް، ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ގަސްދުކުރާ މުހިންމު އިސްލާހުތަކުގެ ތެރޭގައި ގައުމީ މަޖިލީހުގެ އެކުލެވުން ބަދަލުކުރުން ހިމެނޭތީ، އިންތިޚާބުގެ ކުރިން ކޮންގްރެސް ބޭއްވުން ނުހަނު ބޭނުންތެރިއެވެ.
ވިއްސަކަށް މިނެޓުގެ ބަހުސަކަށްފަހު ނެގުނު ވޯޓުގައި، ރައީސް ނަޝީދު ހުށަހެޅުއްވި ތާރީޚަށް ތާއީދުކުރެއްވީ ބައްދަލުވުމަށް ހާޒިރުވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންނެވެ.
ވޯޓަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮންގްރެސްއަށްފަހު ވެސް ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އިންތިޚާބު ބޭއްވޭނެ ކަމަށެވެ. އަދި މި ނިންމުމަކީ ގައުމީ މަޖިލީހުގެ ދައުރު ދަންމާލުމުގެ މަގުސަދުގައި ނިންމި ނިންމުމެއް ނޫންކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ފަހަރުގެ ކޮންގްރެސްގައި ފާސްކުރުމަށް ހުށަހަޅާ މުހިންމު އިސްލާހުތަކުގެ ތެރޭގައި، ޗެއާޕާސަންގެ މަގާމުގައި ހުންނަވައި ދައުރުގެ މެދުތެރެއިން އިސްތިއުފާ ދެއްވުމަށްފަހު ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން، އަންނަ އަހަރަށް ރިޔާސީ ޕްރައިމަރީ އަވަސްކުރުމާ ގުޅޭ ބަދަލުތަކެއް ވެސް މި ކޮންގްރެސްއަށް ހުށަހެޅޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު