އިންސާނީ މުޖުތަމައެއްގެ ބިންގަލަކީ އަންހެނުންނެވެ. އާއިލާ ބިނާކުރުމާއި، ދަރިން ތަރުބިއްޔަތުކުރުމާއި، މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަންހެނުންގެ ދައުރު ބޮޑެވެ. އިސްލާމްދީން ވަނީ އަންހެނުންނަށް މަތިވެރި ދަރަޖައަކާއި އިހުތިރާމެއް ދީފައެވެ. ނަމަވެސް، މިއަދުގެ ދުނިޔޭގެ އާދަކާދަތައް ހުރިގޮތުން، އަންހެނުންނަށް ކުރިމަތިލާންޖެހޭ ބައެއް ހިތްދަތި ހަގީގަތްތަކެއް އެބަހުއްޓެވެ. މިއީ ކޮންމެ އަންހެނަކުވެސް އަމިއްލަ ނަފްސުގެ ސަލާމަތާއި ކުރިއެރުމަށްޓަކައި ދެނެގަންނަންޖެހޭ ކަންކަމެވެ.
ފުރަތަމަ ކަމަކީ، އޯގާތެރި އަންހެނުންގެ އަގު ވަޒަންނުކުރެވުމެވެ. ގިނަ ފަހަރަށް މީހުންނަށް އޯގާތެރިކޮށް ހިތާ، އެހެންމީހުންގެ އުފަލަށްޓަކައި އަމިއްލަ ނަފްސު ގުރުބާންވާ އަންހެނުންގެ މަސައްކަތަކީ އެއީ "ލާޒިމު" ކަމެއްގެ ގޮތުގައި މީހުން ދެކެއެވެ. މީގެ އިތުރުން، ލަދުވެތި އަންހެނުންނަށް މީހުންގެ ސަމާލުކަމެއް ނުލިބެއެވެ. މުޖުތަމައުގެ ތެރޭގައި އަޑުގަދަ މީހުންނަށް އިސްކަންދެވޭއިރު، ލަދުވެތިކަމާއި އިއްފަތްތެރިކަން އިސްކުރާ އަންހެނުން ގިނަ ފަހަރަށް ފެންނަނީ "ފަނޑު" ބައެއްގެ ގޮތުގައެވެ.
މުޖުތަމައުގެ އަނދިރި ފަރާތަކަށް ބަލާއިރު، ނިކަމެތި އަންހެނުންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ހިތާމަވެރި ކަމެކެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ ނުވަތަ ބާރުވެރިކަމެއް ނެތް އަންހެނުންގެ މަޖުބޫރުކަމުގެ ފައިދާ ނަގާ މީހުން މަދެއް ނޫނެވެ. ހަމައެފަދައިން، މަޑުމައިތިރި އަންހެނުން ބާކީކޮށްލެވެއެވެ. އެމީހުންނަކީ މައްސަލަ ނުޖައްސާ، ހިމޭނުން ތިބޭ ބަޔަކަށް ވާތީ، މުހިންމު ނިންމުންތަކުގައާއި އިޖުތިމާއީ ކަންކަމުގައި އެމީހުން ބާކީކޮށްލުމަކީ އާންމު ކަމެކެވެ.
ކެތްތެރިކަމަކީ ރީތި ސިފައަކަށް ވީނަމަވެސް، ކެތްތެރި އަންހެނުންގެ ނާޖާއިޒު ފައިދާ ނެގުމަކީ ގިނަ ބައެއްގެ އާދައެކެވެ. އެމީހުން ކެތްކުރާ ކޮންމެ ފަހަރަކު، އެއީ އެމީހުންގެ ބަލިކަށިކަމެއް ކަމުގައި ދެކި، އިތުރަށް އަނިޔާވެރިވުމާއި އިހުމާލުވުން ކުރިމަތިވެއެވެ. ނަމަވެސް، މިއާ ޚިލާފަށް ކެރޭ ހިތްވަރުގަދަ އަންހެނުންނަށް އިހުތިރާމް ލިބެއެވެ. އަމިއްލަ ހައްގުތަކަށް ވަކާލާތުކޮށް، ސާބިތުކަމާއެކު ހުންނަ އަންހެނާ ދެކެ މީހުން ޖެހިލުންވެ، އިހުތިރާމް ކުރަން މަޖުބޫރުވެއެވެ.
އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭ މިނިވަން އަންހެނުންނާ މެދު މީހުން ހަސަދަވެރިވެއެވެ. އެހުންމީހުންގެ އެހީއަކާ ނުލައި ކާމިޔާބީ ހޯދާ އަންހެނުންނަށް މަލާމާތްކޮށް، އެމީހުންގެ އަގު ވައްޓާލަން މަސައްކަތް ކުރާ ބަޔަކު އުޅެއެވެ. އަދި ކުރިއަރަން ބޭނުންވާ، ކާމިޔާބީއަށް އެދޭ އަންހެނުންނަށް ފާޑުކިޔުންތައް އަމާޒުވެއެވެ. "މިއީ އަންހެނުން ކުރަންވާ ކަންކަމެއް ނޫން" ކަމަށް ބުނެ، އެމީހުންގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް ހުރަސް އަޅައެވެ.
މީގެ އިތުރުން، ނާޒުކު ނުވަތަ އަސަރުގަދަ އަންހެނުންނަށް މަލާމާތް ކުރެވެއެވެ. އިހުސާސްތައް ބޭރުކުރާ އަންހެނުންނަކީ "ޑްރާމާ ކުއީން" ތަކެއްގެ ގޮތުގައި ލޭބަލް ކުރެވެއެވެ. އެންމެ ފަހު ކަމަކަށް، އަމިއްލަ ނިންމުންތައް އަމިއްލައަށް ނިންމާ، ބަސްބުނާ އަންހެނުންނަށް ތަފާތު ނަންނަމުން ގޮވާ، ލޭބަލް ކުރެވެއެވެ. އެފަދަ އަންހެނުންނަކީ ބޮޑާ، ނުކިޔަމަންތެރި ބައެއްގެ ގޮތުގައި ސިފަކުރެވެއެވެ.
މި ހިތްދަތި ހަގީގަތްތަކަކީ މުޖުތަމައު އިސްލާހުކުރަން ޖެހިފައިވާ ކަންކަމެވެ. އަންހެނުންނަށް އިސްލާމްދީނުގައި ދީފައިވާ މަތިވެރި ގަދަރާއި އިހުތިރާމް އަލުން އިއާދަކުރަން ޖެހެއެވެ. ކޮންމެ އަންހެނަކީވެސް އިހުތިރާމާއި ގަދަރު ލިބެންޖެހޭ މީހެކެވެ. މި ހަގީގަތްތައް ދެނެގަނެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހިތްވަރާއެކު ކުރިއަށް ދިއުމަކީ ކޮންމެ އަންހެނެއްގެވެސް ޒިންމާއެކެވެ. މުޖުތަމައު ބަދަލުވާނީ އަންހެނުން އަމިއްލައަށް އެމީހުންގެ އަގު ވަޒަންކޮށް، ކެރުމާއި ސާބިތުކަމާއެކު ހައްގު ބަސް ބުނަން ފެށުމުންނެވެ. އަންހެނުންގެ ބާރުވެރިކަމަކީ މުޅި އުންމަތުގެ ބާރުވެރިކަމެވެ.

ކިޔުންތެރިންގެ ހިޔާލު