ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތައް ގިނަވެ، އެ ސުވާލުތައް މަޖިލީހުގެ ޖަލްސާތަކަށް އެޖެންޑާކުރުން ލަސްވަމުންދާ ދިއުމަކީ އެމަނިކުފާނު ޒިންމާ ނަންގަވަންޖެހޭ ކަމެއް ނޫން ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، މަޖިލީހުގެ އިދާރީ މަރުހަލާގައި ހިނގާ ކަންކަމުގެ ޒިންމާ ސަރުކާރުގެ ވަޒީރުންގެ ބޮލުގައި ނޭޅުވޭނެކަން ސާފުކޮށްދެއްވާފައެވެ. މެންބަރު މައުރޫފް ވަނީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢު ނުފެށި ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އަދި އެ ސުވާލު ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، މެންބަރުން ހުށަހަޅުއްވާ ސުވާލުތަކުގެ އަދަދު އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން، މަޖިލީހުގެ "ކިޔޫ" ގައި ސުވާލުތައް ތަރުތީބުވެ އެޖެންޑާވުން ލަސްވުމަކީ ވަޒީރުގެ އިޚުތިޔާރުގައި އޮތް ކަމެއް ނޫން ކަމަށެވެ. "އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ ތި ބޭފުޅުން ސުވާލުތަކުގެ އަދަދު ގިނަވީމާ ކިޔޫގައި މަޖިލީހުގެ އެޖެންޑާ ކުރެވޭ ގޮތް ލަސްވުމަކީ އެއީ އަޅުގަނޑު އެކަމުގެ ޒިންމާވާން ޖެހޭ ކަމެއް ނޫން،" ވަރަށް ސާބިތުކަމާއެކު މިނިސްޓަރު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަޝްރޫޢުތަކާ ގުޅޭގޮތުން އެންމެ ގިނަ ސުވާލު އަމާޒުވަމުންދާ އެއް ވަޒީރަކީ މުއްތަލިބެވެ. އެމްޑީޕީގެ މެންބަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވަޒީރުންނާ ސުވާލުކުރުމަށް ފޮނުވި 258 ނޯޓިސްގެ ތެރެއިން 56 ސުވާލެއް އަމާޒުކޮށްފައިވަނީ ހަމައެކަނި މިނިސްޓަރު މުއްތަލިބަށެވެ. މިއީ ތަރައްޤީގެ މަޝްރޫޢުތަކާއި ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅުވައިގެން، ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ނިޔަތުގައި ކުރެވޭ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވާ ގޮތުގައި މި ސުވާލުތަކަކީ ދާއިރާތަކުގެ ތަރައްޤީއަށް ކުރާ ސުވާލުތަކެކެވެ. ނަމަވެސް، އެއްފަހަރާ ގިނަ އަދަދެއްގެ ސުވާލުތައް ފޮނުވުމަކީ މަޖިލީހުގެ ވަގުތުތައް ހޭދަވެ، ނިޒާމަށް ބާރުބޮޑުވާ ކަމެއްކަން ސަރުކާރަށް ތާއީދުކުރާ މެންބަރުން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު