އަންހެނަކު ލައިގެން ހުރި ޖަނގިޔާގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި، އެއީ އޭނާގެ ބައިވެރިޔާގެ އެއްޗެއް ކަމަށް ބުނެ އެ މައްސަލައިގައި ހިމެނޭ ފިރިހެން މީހާ އިއުތިރާފުވުމުން، އަންހެން މީހާގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފިއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރު ލ. އަތޮޅުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ފެންމަތިވި މައްސަލައެކެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ އަންހެނަކާއި ލ. މާވަށަށް ނިސްބަތްވާ އިބްރާހިމް އިމާދު ނަމަކަށް ކިޔާ ފިރިހެނެކެވެ. ފުލުހުން އެ މީހުން ބަލައިފާސްކުރި އިރު، އަންހެން މީހާ ލައިގެން ހުރި
އަންނައުނުގެ ތެރޭގައި އޮތް ޕެޑެއްގައި ޓޭޕް އަޅައި ފޮރުވާފައި ހުރި 9.2 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފައެވެ.
މި މައްސަލައިގައި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. މިއީ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ފަދަ ސީރިއަސް ކުށެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މިމައްސަލައިގައި، އަންހެން މީހާގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ނުގެންދަން ޕީޖީ އޮފީހުން މިހާރު ވަނީ ނިންމާފައެވެ.
ދައުލަތުން މިގޮތަށް ނިންމީ، އަންހެން މީހާގެ އަތުން ފެނުނު މަސްތުވާތަކެއްޗާ އިބްރާހިމް އިމާދު ހަވާލުވެ، އެއީ އޭނާގެ ތަކެތި ކަމަށް އިއުތިރާފުވުމާ ގުޅިގެންނެވެ. އެހެންކަމުން، އަންހެން މީހާގެ މައްޗަށް ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ދައުލަތުން ބުނުމުން، ކޯޓުން ވަނީ އެ މައްސަލަ ބާތިލްކޮށް އަނބުރާ ފޮނުވާލާފައެވެ.
މި މައްސަލައިގައި ހިމެނޭ އިބްރާހިމް އިމާދު ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާތީ، އޭނާއަށް ވަނީ ލުއި އަދަބެއް އިއްވާފައެވެ. އެގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި އޭނާގެ މައްޗަށް އިއްވާފައިވަނީ 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 50,000 (ފަންސާސް ހާސް) ރުފިޔާގެ ޖޫރިމަނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު