އާންމުކޮށް "ސުޕަރފުޑް" ތަކާ ބެހޭގޮތުން ވާހަކަދެކެވެނީ ވަކިވަކި ބާވަތްތަކުން ލިބޭ ފައިދާތަކަށް ބަލައިގެންނެވެ. ނަމަވެސް، މި ދެ ބާވަތް އެކުލަވައިލުމުން ލިބޭ ނަތީޖާ މާ ފުރިހަމަވެދާނެއެވެ. ތަޖުރިބާކާރުންގެ އާ ދިރާސާއަކުން ދައްކާގޮތުގައި، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެންމެ ފުރިހަމައަށް ހޯދުމަށްޓަކައި، އަނބާއި އަވޮކާޑޯ އެކުގައި ބޭނުންކުރުން ވަރަށް ބޭނުންތެރިއެވެ.
މި ދެ ބާވަތުގެ ތަފުސީލަށް ދިއުމުގެ ކުރިން، މިއީ ކިހާ މުހިންމު ކަމެއްކަން ދެނެގަތުން ބޭނުންތެރިއެވެ. ހިތުގެ ބަލިތަކަކީ ދުނިޔޭގެ ނިސްބަތުން އަންހެނުންގެ މަރުގެ އެންމެ ބޮޑު ސަބަބެވެ. ގިނަ ފަހަރަށް މިއީ ހަމައެކަނި ފިރިހެނުންނަށް ދިމާވާ މައްސަލައެއް ކަމަށް ހީކުރެވުނު ނަމަވެސް، ތަފާސްހިސާބުތަކުން ދައްކަނީ މިއީ އެންމެންނަށްވެސް އޮތް ބޮޑު ނުރައްކަލެއް ކަމެވެ. ހިތުގެ ބަލިތައް ޖެހުމަށް ދިމާވާ ބައެއް ކަންކަމަކީ (މިސާލަކަށް ވިރާސީ ސިފަތައް) އަމިއްލަ ބާރު ފޯރުވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް، ކެއުންބުއިމުގެ އާދަތަކަށް ބަދަލު ގެނައުމަކީ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ވަރަށް ބޮޑު މަސައްކަތެކެވެ.
ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ "ޑައިނަމިކް" ގުޅުން
ރަހަ މީރުވުމުގެ އިތުރުން، ލޭގެ ދައުރުވުމަށާއި ހިތުގެ މަސައްކަތްތަކަށް އެހީތެރިވެދީ، ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ ދެ ބާވަތަކީ އަނބާއި އަވޮކާޑޯއެވެ.
'ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަން' ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ހަކުރުބަލީގެ ކުރީކޮޅުގެ އަލާމާތްތައް ހުރި މީހުން އަށް ހަފުތާ ވަންދެން ކޮންމެ ދުވަހަކު އަވޮކާޑޯއަކާއި އެއް ތަށި އަނބު ކެއުމުން، އެމީހުންގެ ލޭހޮޅިތަކުގެ މަސައްކަތްތަކަށް ހެޔޮ ބަދަލެއް އައިސް، ލޭގެ ޕްރެޝަރު ދަށްވުމަށް އެހީތެރިވެދިނެވެ. މިއީ މުޅި ދިރިއުޅުން އެއްކޮށް ބަދަލުނުކޮށްވެސް، ކެއުމަށް ގެނެވޭ ކުޑަ ބަދަލަކުން ހޯދިދާނެ ބޮޑު ކުރިއެރުމެކެވެ.
އަވޮކާޑޯ އާއި އަނބު ފައިދާވަނީ ކީއްވެ؟
މި ދެ މޭވާގައި ހިމެނެނީ ތަފާތު ނަމަވެސް އެކަކު އަނެކަކަށް ފުރިހަމަކޮށްދޭ މާއްދާތަކެކެވެ. އަވޮކާޑޯގައި ގިނަ އަދަދަކަށް 'މޮނޯއަންސެޗުރޭޓަޑް ފެޓްސް' (ފައިދާހުރި ސަރުބީ) އާއި ފައިބަރު ހިމެނެއެވެ. މިއީ ކޮލެސްޓްރޯލް އެއްވަރެއްގައި ހިފެހެއްޓުމަށާއި، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.
އަނބުން ގިނަ އަދަދަކަށް ވިޓަމިން ސީ ލިބޭއިރު، އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ، ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ.
މި ދެ ބާވަތް އެކުގައި ކެއުމުން، އަވޮކާޑޯގައި ހުންނަ ފައިދާހުރި ސަރުބީގެ އެހީގައި، އަނބުގައި ހުންނަ ވިޓަމިން އޭ އާއި އެހެނިހެން މާއްދާތައް ހަށިގަނޑަށް ދަމައިގަތުމަށް ފަސޭހަވެގެންދެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދުޅަހެޔޮނުވާ ދުޅަވުންތައް ކުޑަކޮށްދީ، ލޭހޮޅިތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެއެވެ.
ކެއުމުގައި އަވޮކާޑޯ އާއި އަނބު ހިމަނާލެވިދާނެ ބައެއް ގޮތްތައް:

އެވަކާޑޯއާއި އަނބުން ތައްޔާރަކޮށްލެވޭ ހަށިގަނޑަށް ފައިދާހުރި ސުޕްރފުޑްގެ ވައްތަރުތައް
އަނބު އަދި އަވޮކާޑޯ ސަލްސާ: އަވޮކާޑޯ އާއި އަނބު ކުދިކޮށް ކޮށާލުމަށްފަހު، ރަތް ފިޔާ، މިރުސް، ކޮރިއަންޑާ ފަތް އަދި ލުނބޯ ހުތް ޖަހައިގެން ތައްޔާރުކޮށްލާށެވެ. މިއީ ކޮންމެ ކެއުމަކާއެކުވެސް ބޭނުންކޮށްލަން ވަރަށް މީރު ސައިޑް ޑިޝްއެކެވެ.
ޓްރޮޕިކަލް ސްމޫތީ: ގަނޑުކޮށްފައި ހުރި އަނބާއި، އަވޮކާޑޯ ކޮޅަކާއި، ކާށި ފެން ފޮދެއް އަދި ކުޑަ ފަތްޕީލާވެއްސެއް އަޅައިގެން ގިރުވާލާށެވެ. އަވޮކާޑޯގެ ސަބަބުން ސްމޫތީއަށް ވަރަށް އޮމާން އަދި މީރު ރަހައެއް ލިބޭނެއެވެ.
މީރު ސަލަޑް: ފަތްޕީލާވެހީގެ ބާވަތްތަކާއެކު އަވޮކާޑޯ އާއި އަނބު އަދި ބަރަބޯ އޮށް ފަދަ ތަކެތި ހިމަނައިގެން ސަލަޑެއް ތައްޔާރުކޮށްލާށެވެ.
އަވޮކާޑޯ އެންޑް މެންގޯ ޓޯސްޓް: ފާރޮށި ނުވަތަ ޕާން ފޮއްޗެއްގެ މަތީގައި އަވޮކާޑޯ ޗިސްކޮށްލުމަށްފަހު، އޭގެ މަތީގައި ތުނިކޮށް ކޮށާފައި ހުރި އަނބު ފޮތިތަކެއް އަތުރާލާށެވެ. ކުޑަ މިރުސް ކޮޅަކާއި ލޮނު ކޮޅެއް ބުރުވާލުމުން ހެނދުނުގެ ނާސްތާއަކަށް ވަރަށް ފުރިހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު