ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާ ނައްތާލުން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާ ނައްތާލުން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ތަހުގީގު މަރުހަލާ ނިމިފައިވާ މައްސަލަތަކާއި ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ބަނގުރަލުގެ 96 ފުޅިއާއި، ޕެޓް ފުޅީގައި ހުރި 181 ފުޅި ބަނގުރަލުގެ އިތުރުން 10 ދަޅު ބަނގުރަލެވެ. މީގެ އިތުރުން، މި ތަކެތި އުފުލުމަށް ބޭނުންކޮށްފައިވާ ދަބަހާއި، ފޮއްޓާއި، އެކި ބާވަތުގެ ކޮތަޅު ހިމެނޭހެން ޖުމްލަ 58 އައިޓަމެއް ވެސް ވަނީ ނައްތާލާފައެވެ.

މި ތަކެއްޗަކީ ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓް ޕޮލިސް އަދި ހުޅުމާލެ ޕޮލިސްގެ ބެލުމުގެ ދަށަށް ގެނެވުނު 21 އިންސިޑެންޓަކާއި، ތަހުގީގު ނިމިފައިވާ 15 މައްސަލައެއްގައި ހިމެނޭ ތަކެތީގެ ތެރެއިން ނައްތާލެވުނު ތަކެއްޗެވެ.

މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެއާ ގުޅުންހުރި ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެކަމަށްޓަކައި އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުންނެވެ.



ކިޔުންތެރިންގެ ހިޔާލު