ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބްދުއްރަހީމް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބްދުއްރަހީމް
ރާއްޖޭގެ ޝަރުއީ ނިޒާމު ހިންގަނީ ފުރިހަމަ މުސްތަގިއްލުކަމާއެކު ކަމަށާއި، ކޯޓުތަކަށާއި ފަނޑިޔާރުންނަށް ސަރުކާރުން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުއްގައްޔޫމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަލިފު އަލިފު (އއ.) އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ގައުމެއްގައި އަދުލުއިންސާފު ގާއިމުކުރުމަކީ އަނިޔާވެރިވުން ނޫން ކަމަށާއި، ހަގީގީ އަނިޔާވެރިކަމަކީ އިންސާފު ގާއިމުނުކޮށް ދޫކޮށްލުން ކަމަށެވެ.

އަދި ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް މަތިވެފައިވާ އެންމެ މުހިންމު ޒިންމާއާއި މަސްއޫލިއްޔަތަކީވެސް ގައުމުގައި އަދުލުއިންސާފު ގާއިމުކޮށްދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ރައީސް ޔާމީން ކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއަދު އޮތް އެންމެ ބޮޑު ޔަގީންކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ސައްތައިން ސައްތަ އަދުލުއިންސާފު ލިބިގެންދާނެކަން ކަމަށެވެ.

އަދި ޝަރުއީ ނިޒާމުގެ ތެރެއަށް މި ސަރުކާރުން އަތްނުބާނާނެކަން ރައީސް ޔާމީނަށްވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް