އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ. މާމެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން، އެ ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ 'މޫދު ކަސްރަތު' ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮގަސްޓް 5ވަނަ ދުވަހުގެ ރޭ ލ. މާމެންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި، ޕްރޮގްރާމުން އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް ވަނީ ހަނދާނީ ފިލައާއި ލިޔުން ހަވާލުކޮށްދެއްވާފައެވެ.
ޖުލައި 18އިން އޮގަސްޓް 3އަށް ލ.މާމެންދޫ ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް، އެ ރަށުގެ 18 ކަނބަލަކު ވަނީ ފުރިހަމަކޮށްފައެވެ.
މިއީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ކުލާސްތައް ނަގައިދީފައި ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ މުދައްރިބުންނެވެ.
ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ އޮޕަރޭޝަންސް އެންޑް ޓްރެއިނިންގ އޮފިސަރ، ކެޕްޓަން ސިއުތު މުޙައްމަދާއި، ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު