ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޖަމައިކާގެ ރައްޔިތަކު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފިއެވެ.
ކަސްޓަމްސްއިން ބުނީ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ރާއްޖެ އައި މި މީހާ އަތުލައިގަނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ތެރޭގައި ރައްކާކޮށްގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތަފްސީލް ދެމުން ކަސްޓަމްސްއިން ބުނީ، އޭނާގެ ހަށިގަނޑުން 66 ބުލެޓުގެ ކޮކެއިން ފެނިފައިވާ ކަމަށެވެ.
އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1180 ގުރާމު (ގާތްގަނޑަކަށް 1.2 ކިލޯ) ހުރިއިރު، މީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖަމައިކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިން އެވެ. މީގެ އިތުރުން، މި މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ދެ ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް (20އ) އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މި ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ ޖުލައި 20 ވަނަ ދުވަހު ހުޅުމާލެއިންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މީހުންނަކީ އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ބައެކެވެ.
މި މައްސަލައިގައި ހައްޔަރުކުރި އެންޑްރޫ ލޮއިޑް ކޯބިންއާއި އިބްރާހީމް އަތޫފް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ (ދިވެއްސެއް) ބައެއް ޝަރުތުތަކާއެކު ކޯޓުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު