ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާ އެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް 'ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު' އިސްލާހުކޮށް، އެއަށް އަމަލުކުރަން ފަށައިފިއެވެ.
މި އަހަރުގެ ކުރީކޮޅުން ފެށިގެން އަމަލުކުރަމުން އައި ގަވާއިދު އުވާލުމަށްފަހު އަލުން އެކުލަވާލި މި ގަވާއިދަށް ގެނައި ހަމައެކަނި ބަދަލަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވޭނެ ގޮތް ހަމަޖެއްސުމެވެ. އެ ގަވާއިދުގެ އާ މާއްދާގައި ބަޔާންކޮށްފައިވަނީ، ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ސަރުކާރުން ކަނޑައަޅާ ސިޔާސަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި ބިމާ ބެހޭ އިދާރާގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހުއްދައާ އެކު ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރެވިދާނެ ކަމަށެވެ.
މި ބަދަލާއެކު، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިންތައް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ވެސް ސަރުކާރުން ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
އެ އިސްލާހުގައިވާ ގޮތުން، ލާމަރުކަޒީ ގާނޫނު ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމުގެ އިހުތިޔާރު ވަޒީރުންގެ މަޖިލީހަށް ލިބިގެންވެއެވެ.
މި ނިންމުންތަކަކީ ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށާއި، ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ބަދަލުތަކާއެކު ސަރުކާރު ކުންފުނިތަކަށް ބިން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު