މިދިޔަ ޖުލައި މަހު ރާއްޖޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ އޭގެ ކުރީ މަހު މި ޚިދުމަތް މެދުވެރިކޮށް ބޭރުކުރި 335 ޓަނުގެ މުދަލާ އަޅާބަލާއިރު 88 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ މިއީ 131 ޓީއީޔޫސް އެވެ.
މިދިޔަ މަހު މި މުދާތައް ބޭރުކޮށްފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ 6 އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 10 ގައުމަކަށެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބާރުމިނުގައި ކުރިއަރަމުން އަންނަ ޚިދުމަތެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތައް ހިމެނޭހެން ޖުލައި މަހު އެކަނިވެސް 2,000 ޓަނަށްވުރެ ގިނަ ޓްރާންޝިޕްމަންޓް މުދާ ވަނީ އުފުލާފައެވެ.
ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވައިދޭ "ސީ-ޓު-އެއަރ" ޚިދުމަތަށް ބަލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް 621 ޓަނުގެ މުދާ ޖުލައި މަހު ވަނީ ބޭރުކޮށްފައެވެ. މިއީ މި ޚިދުމަތް ރަސްމީކޮށް ރާއްޖޭގައި ތަޢާރަފުކުރި ފަހުން، އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މުދާ އުފުލުނު ފަހަރުކަން ފާހަގަކުރެވެއެވެ.
މި ޚިދުމަތަކީ ރާއްޖޭގެ ބަނދަރުތަކާއި އެއާޕޯޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ރާއްޖެއަކީ ލޮޖިސްޓިކްސް ހަބަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު