ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރު ހުޅުވާލިފަހުން 53،050 މީހުން ރާއްޖެ ޒިޔާރަތް ކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު ގެ ތަރުޖަމާން ޑޮކްޓަރ ނަޒްލާ ވިދާޅުވީ، ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 53،050 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން މިމަހުގެ 21 ގެ ނިޔަލަށް 31852 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހުގެ 21 ގެ ނިޔަލަށް ރާއްޖެއައި 12934 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީއިން ވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ މީހުން އައިސްފައި ވަނީ އެމިރޭޓްސް އެއަރލައިނުން ކަމަށް ހާމަ ކޮށްފައެވެ. އެގޮތުން 13،000 އަށް ވުރެ ގިނަ މީހުން އެ އެއަރލައިންގައި ރާއްޖެ އައިސްފައިވާ އިރު، އެމިރޭޓްސްއިން ވަނީ ރާއްޖެއަށް 160 އަށް ވުރެ ގިނަ ދަތުރުކޮށްފައެވެ. އޮކްޓޯބަރ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެ ޤައުމުން 6026 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެމިރޭޓްސްގެ އިތުރުން، އިތުރު 10 އެއަރލައިނަކުން މިހާރު ރާއްޖެ އަށް ދަތުރުތައް ފަށާފައިވާ އިރު، ނޮވެމްބަރ މަސް ނިމޭއިރަށް ރާއްޖެ އަށް 18 އެއަރލައިނުން ދަތުރު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން