ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ފައިސާ ބަހަން އުޅުނު މީހުންނަށް އެނގޭނީ އެ ވާހަކަ ދައްކަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ޔާމީން މިފަދައިން ވިދާޅުވީ، ބުދަ ދުވަހުގެރޭ އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ޝުޖާއު އެމަނިކުފާނަށް އަމާޒުކުރެއްވި ފާޑުކިޔުންތަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ޝުޖާއު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ރޭރޭ އެމަނިކުފާނު ވަގުތު ހޭދަކުރެއްވީ ތާސްކުޅުއްވުމުގައި ކަމަށެވެ. އަދި އޭރު ދައުލަތް ހިންގުމުގެ މައިގަނޑު މަސައްކަތްތައް ހިނގީ ހައުސިންގ މިނިސްޓްރީގެ ތެރެއިން ކަމަށާއި، ޕާޓީ އޮފީހުގެ ބަދަލުގައި އޮތީ "މެޑަމް އޮފީހެއް" ކަމަށްވެސް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ސަރުކާރު ހިންގުމުގެ ނިޒާމު ބައްޓަންކޮށްފައި އޮތީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާ މަޝްވަރާގެ މަތިން ކަމަށެވެ. އެގޮތުން އިގުތިޞާދީ އަދި އިޖުތިމާއީ ކަންކަން ނިންމުމަށް ވަކިވަކި ކޮމިޓީތަކެއް ހަދައިގެން މަސައްކަތް ކުރި ނަމަވެސް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އޭރު އެއިން އެއްވެސް ކޮމިޓީއެއްގައި ހިމެނިވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
ޝުޖާއުއާ މެދު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޝުޖާއުއަކީ އެއް އިރެއްގައިވެސް އެމަނިކުފާނު ގާތްކޮށްގެން އުޅުނު މީހެއް ނޫން ކަމަށެވެ. "އޭނާ އަކީ އަދީބުގެ ފަހުލަވާނެއް، އަދީބުގެ އައުވާނެއް. އެންމެ ފުރަތަމަ ޕާޓީ ދޫކޮށްލާފައި ރައީސް މައުމޫނު ކޮޅަށް އެރި ބަގާވާތުގެ ބައިވެރިންގެ ތެރެއިން އެކަކު އެއީ،" ޝުޖާއުއާ ދެމެދު އެއްވެސް ކަހަލަ ހިތްހަލާލު ކަމެއް ނެތްކަން ހާމަކުރައްވަމުން ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ، އަދީބު ކުރި ވައްކަމުގެ ވާހަކަތައް ޝުޖާއުއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، އެއީ އޭރު އަދީބު ދިން ފައިސާ ބަހަން އުޅުނު މީހަކަށް ވާތީ ކަމަށެވެ. އަދި އެނޫން އިތުރު ކަމެއްގެ ވާހަކަ ދައްކަން ޝުޖާއުއަށް ނޭނގޭނެ ކަމަށް ވިދާޅުވެ، ޔާމީން ވަނީ ޝުޖާއުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު