އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ބޯޑު އޮފް ޕީސް" އިން ޣައްޒާގެ މައްސަލައަށް ހުށަހަޅާފައިވާ 15 ނުކުތާގެ މަޝްރޫއަށް އިސްރާއީލުން އިންކާރުކޮށްފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ.
އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ، ވޭތުވެދިޔަ މަހު ހަމާސް ޖަމާއަތުން ތާއީދުކުރި އެ ހުށަހެޅުންތަކަށް އިސްރާއީލުން އެއްބަސްނުވާ ކަމަށެވެ. އަދި ހަމާސްއިން ފުރިހަމައަށް ހަތިޔާރު ބަހައްޓައި، އެ ޖަމާއަތުގެ އަސްކަރީ ގާބިލުކަން އަމަލީގޮތުން ނައްތާނުލާހާ ހިނދަކު، އިސްރާއީލުގެ ސިފައިން ޣައްޒާއިން ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވަނީ ތަކުރާރުކޮށްފައެވެ. މީގެއިތުރުން، އިސްރާއީލުގެ ސިފައިންނާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރަމުންދާ ހަމަލާތައް ކުރިއަށްގެންދާނެ ކަމުގެ އިންޒާރުވެސް އޭނާ ދިނެވެ.
ނިމިދިޔަ އޮކްޓޯބަރު މަހު ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަކާ ހަމައަށް ދެވުނު ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ވަރުގަދަ ހަމަލާތައް ދެމުންނެވެ.
"ބޯޑު އޮފް ޕީސް" ގެ ޑިރެކްޓަރު ނިކޮލާއި މްލަދެނޯވްއާ އެކު ބޭއްވުނު ބައްދަލުވުމަށްފަހު އެ ބޯޑުންވެސް ހާމަކޮށްފައިވަނީ، ހަމާސްގެ ހަތިޔާރުތައް ފުރިހަމައަށް އަތުލުމުގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ދޫކޮށް ނުދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު