ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން 8 މީހަކު ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި މަރުވެފައިވާ ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.
ބަންގްލަދޭޝްގެ މީޑިއާއެއް ކަމަށްވާ ވިއުސް ބަންގްލަދޭޝް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖުލައި 25 ވަނަ ދުވަހުން ފެށިގެން މި އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މި މަރުތައް ހިނގާފައިވަނީ މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައެވެ. މަރުވި މީހުންގެ ތެރޭގައި ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމާއި، މަސައްކަތުގެ މާހައުލުގައި ހިނގި އެކްސިޑެންޓްތަކުގެ އިތުރުން އަމިއްލައަށް މަރުވި މީހަކުވެސް ހިމެނެއެވެ.
މަރުވި މީހުންގެ ތަފްސީލު:
ޖުލައި 25: 23 އަހަރުގެ ރޮބިއުލް އިސްލާމް، މަރުވީ މަސައްކަތުގެ މާހައުލުގައި ހިނގި އެކްސިޑެންޓެއްގައެވެ.
ޖުލައި 27: 45 އަހަރުގެ ހުމާޔޫން ކަބީރު، މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ.
ޖުލައި 28: 47 އަހަރުގެ މޮގްބުލް މިއާ، މަރުވީ ސްޓްރޯކެއް ޖެހިގެންނެވެ.
ޖުލައި 30: 45 އަހަރުގެ ޝެއިޚް ފަރީދު، ހަކުރުބަލީގެ އުނދަގޫތަކާ ގުޅިގެން ޖެހުނު ސްޓްރޯކެއްގައި މަރުވިއެވެ.
އޮގަސްޓް 1: 21 އަހަރުގެ ސުލައިމާން މަތައްބަރު، މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް އޮޅުމަކުން "ޓާޕަންޓައިން" ބޮވިގެން ފަރުވާ ދެމުންދަނިކޮށް މަރުވިއެވެ. ހަމަ އެދުވަހު 44 އަހަރުގެ ސައިދު މުއްލާ ދިރިއުޅޭ ކޮޓަރީގައި ސްޓްރޯކެއް ޖެހިގެން މަރުވިއިރު، 37 އަހަރުގެ ބަދީއުއްރަހްމާން ވަނީ އަމިއްލައަށް މަރުވެފައެވެ. އޭނާގެ މަރުގެ މައްސަލަ ދިވެހި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އޮގަސްޓް 3: 70 އަހަރުގެ ދެލްވާރާ ނަބީ، މަރުވީ ހިތް ހުއްޓިގެންނެވެ. އޭނާއަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއްގެ އަންހެނުންނެވެ.
މި ހާދިސާތަކާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ މެދުގައި ވަނީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާމެދު ބޮޑު ކަންބޮޑުވުމެއް އުފެދިފައި ކަމަށް ރިޕޯޓް ތަކުގައިވެއެވެ. ރިޕޯޓުތައް ބުނާގޮތުން، ގިނަ ދުވަސްތަކެއް ވަންދެން އާއިލާއާ ވަކިން އުޅެންޖެހުމާއި، މާލީ ދަތިތަކުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ފިއްތުންތަކަކީ މިފަދަ ސިއްހީ މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކެކެވެ.
ބަންގްލަދޭޝް ހައިކޮމިޝަނުން ބުނީ މަރުވި މީހުންގެ ހަށިގަނޑުތައް އެނބުރާ ގައުމަށް ފޮނުވުމަށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑު މިހާރު ގައުމަށް ފޮނުވާލެވިފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު