އެންޓި ސްކޭމް ސެންޓަރު އުފެދުނީއްސުރެ މިއަދާ ހަމައަށް 3,000 އަށްވުރެ ގިނަ ސްކޭމް މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި، މި ޖަރީމާތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، މިއީ ހަމައެކަނި ހިސާބުތަކަކުން ފެންނަ އަދަދުތަކެއް ނޫނެވެ. މިއީ މުޖުތަމައުގެ ގިނަ އާއިލާތަކަކާއި ކުދި ވިޔަފާރިވެރިން ރެޔާދުވާލު ކުރި ބުރަ މަސައްކަތުން އެއްކުރި ފައިސާ، މަކަރާއި ހީލަތުން އަތުލާފައިވާ ސީރިއަސް މައްސަލަތަކެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރިޕޯޓްކުރެވުނު 3,000 މައްސަލައިގައި ޖުމްލަ 35,144,703.32 (ތިރީސް ފަސް މިލިއަން އެއްސަތޭކަ ސާޅީސް ހަތަރު ހާސް ހަތްސަތޭކަ ތިން) ރުފިޔާ އާންމުންގެ އަތުން ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ފުލުހުންގެ މުއައްސަސާއިން ކުރި މަސައްކަތުން އަނބުރާ ހޯދައިދެވިފައިވަނީ 13,296,072.51 (ތޭރަ މިލިއަން ދެސަތޭކަ ނުވަދިހަ ހަ ހާސް ހަތްދިހަ ދެ) ރުފިޔާއެވެ. އަދި 1,196 މައްސަލައެއްގައި ގެއްލުނު ފައިސާ ފުރިހަމައަށް ހޯދިފައިވާއިރު، 279 މައްސަލައެއްގައި ފައިސާގެ ބައެއް ވަނީ އަތުލެވިފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ހިސާބުތަކުން ހާމަވަނީ، ގެއްލޭ ފައިސާ އަނބުރާ ހޯދުމަކީ ނުހަނު ދަތި އަދި ބުރަ މަސައްކަތެއް ކަމެވެ.
މަކަރާއި ހީލަތުން ފައިސާ އަތުލުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ހުށަހެޅިފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 މައްސަލައަކާއި، އެކި ފަރާތްތަކުގެ ފޭކު އައިޑީ ބޭނުންކޮށްގެން އޮޅުވާލި (އިމްޕަރސަނޭޝަން) 439 މައްސަލައެއް ހިމެނެއެވެ. މިފަދަ އޮޅުވާލުންތައް އެންމެ ގިނައިން ހިންގާފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (1,093 މައްސަލަ) އަދި ވައިބަރ (911 މައްސަލަ) މެދުވެރިކޮށެވެ. މީގެ އިތުރުން ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޯނު ކޯލްތައް މެދުވެރިކޮށް ވެސް މިފަދަ ޖަރީމާތައް ދަނީ ހިންގަމުންނެވެ.
އެހެންކަމުން، އޮންލައިންކޮށް ފެންނަ އިޝްތިހާރުތަކާއި ލިބޭ މެސެޖުތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފައިސާގެ އެއްވެސް މުއާމަލާތެއް ކުރުމުގެ ކުރިން، މުއާމަލާތް ކުރެވެނީ އިތުބާރު ހުރި ފަރާތަކާކަން ޔަގީންކުރުމަށާއި، އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކިންގ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން އިރުޝާދު ދެއެވެ.
ޝައްކުކުރެވޭ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރުމަށާއި، ސްކޭމްގެ ދަހިވެތިކަމުގައި ޖެހި އިތުރު ޝިކާރައަކަށް ނުވުމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު