މުޙައްމަދު ފާރިޤު (28އ)
މުޙައްމަދު ފާރިޤު (28އ)
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، ށ. މާއުނގޫދޫ، ފެހިވިލާގެ، މުޙައްމަދު ފާރިޤު (28އ) 25 އަހަރުގެ ދުވަހަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.

10 އޮގަސްޓު 2026 ގައި މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން މި ޙުކުމް އިއްވާފައިވަނީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލައަކީ 24 ނޮވެމްބަރު 2020 ގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު މައްސަލައެކެވެ.

ފުލުހުން މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކުރުމަށްފަހު، ފާރިޤުގެ މައްޗަށް ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 6 ޖަނަވަރީ 2021 ގައެވެ.



ކިޔުންތެރިންގެ ހިޔާލު