މީޑިއާއާއި މީސްމީޑިއާގެ އެކި މަންސަތަކުގައި ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ގޮތާ މެދު ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން، އެކަން ހިނގާފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ (19/2019) އިމުގެ ތެރެއިންކަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ސާފުކޮށްދީފިއެވެ.
އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ކޮންމެ ކުއްޖަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކުރާ މުހިންމު މަސްއޫލިއްޔަތެކެވެ. އަދި ކުޑަކުއްޖަކާ ގުޅުންހުރި އެންމެހައި ނިންމުންތަކެއް ނިންމުމުގައި، އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވާނީ އެ ކުއްޖެއްގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ކަމަށްވެސް އެ ވުޒާރާއިން ބަޔާންކުރެއެވެ.
ކުއްޖެއްގެ ރައްކާތެރިކަން ކަށަވަރުނުވާ ފަދަ ހާލަތްތަކުގައިވެސް، ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން، ކުއްޖާގެ އާއިލާގެ ތެރޭގައި ބަހައްޓައިގެން އެ ކުއްޖާގެ ޙައްޤުތަކާއި މަޞްލަޙަތު ރައްކާތެރިކުރުމަށް ދައުލަތުން އަބަދުވެސް އިސްކަންދެއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންދެވެނީ، އާއިލާގެ ތެރެއިން އެއްވެސް ފަރާތަކަށް އެ ރައްކާތެރިކަން ފޯރުކޮށްނުދެވޭ ހާލަތްތަކުގައި، އެނޫން އެއްވެސް ގޮތެއް ނެތިގެން އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ އެކަނި އެ ސަބަބަށްޓަކައި ކުއްޖާ އާއިލާއާ ވަކިކުރަންޖެހޭ ޞައްޙަ އުޒުރެއް ނޫންކަން ވުޒާރާއިން ފާހަގަކުރިއެވެ. ނަމަވެސް، ކުއްޖާގެ ރައްކާތެރިކަން ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި، ޤާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތުން ފިޔަވަޅު އަޅައި، ކުއްޖާ ހުރި މާހައުލުން ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ ނުވަތަ ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކުރުމުގެ އިޚުތިޔާރު ދައުލަތަށް ލިބިގެންވެއެވެ.
ނާޒުކު ހާލަތްތަކުގައި ތިބޭ ކުޑަކުދިންނާއި އާއިލާތަކާ ގުޅޭގޮތުން މީޑިއާއާއި މީސްމީޑިއާގައި ޞައްޙަ ނޫން މަޢުލޫމާތު ދައުރުކުރުމަކީ، އެ ފަރާތްތައް އިތުރު ނާޒުކު ހާލަތަކަށް ހުށަހެޅިދާނެ ކަމެއްކަން ފާހަގަކޮށް، އެފަދަ މަޢުލޫމާތު ފެތުރުމުގައި އިތުރަށް ސަމާލުވުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންގެ ކަރާމާތާއި އާއިލާތަކުގެ އަމިއްލަ ދިރިއުޅުމުގެ ޙައްޤަށް އިޙްތިރާމްކުރުމާއެކު، ޒިންމާދާރުކަމާއެކު މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމަށް އެ ވުޒާރާގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު