ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޑޮލަރުގެ ޑިމާންޑު ކުޑަކުރުމުގެ ބޮޑެތި ސިޔާސަތުތަކެއް ދައުލަތުން އެކުލަވާލަންޖެހޭ ކަމަށާއި، އަމިއްލަ ބޭނުންތަކުގައި ޗުއްޓީއަށާއި ޕިކްނިކަށް ނުވަތަ ހަނީމޫނަށް ރާއްޖެއިން ބޭރަށްދާ ކޮންމެ މީހަކަށް ސަރުކާރުން ޑޮލަރު ދިނުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، އިގްތިސާދުގައި ހުރި ޑޮލަރުގެ މައްސަލަތައް ހައްލުކުރެވެން އޮތީ ދެގޮތަކަށް ކަމަށެވެ. އެއީ ޑޮލަރުގެ ސަޕްލައި އިތުރުކުރުމާއި، އަނެއްކޮޅުން ޑޮލަރަށް އޮތް ޑިމާންޑު ކުޑަކުރުން ކަމަށް އަލީ ވިދާޅުވިއެވެ.
ޑޮލަރުގެ ޑިމާންޑު ކުޑަކުރެވޭނެ ގޮތްތަކަށް އަލިއަޅުވާލައްވަމުން އަލީ ހުސެއިން ވިދާޅުވީ، ދައުލަތުގެ ބޮޑެތި ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. އެގޮތުން ބޭރަށްދާ މީހުންނަށް ދޭ ޑޮލަރަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ބޭސްފަރުވާއާއި ތައުލީމު ފަދަ ޒަރޫރީ ބޭނުންތަކަށް ރާއްޖެއިން ބޭރަށްދާ މީހުންނަށް ދައުލަތުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި ދައުލަތުން ކޮށްދޭންޖެހޭ ކަމެއް ނޫން، އެއީ އަމިއްލަ މީހުން މިސާލަކަށް ހަނީމޫނަށް، ޕިކްނިކަށް، ޗުއްޓީއަށް ރާއްޖެއިން ބޭރަށްދާ ކޮންމެ މީހަކަށް އެގޮތަށް ސަރުކާރުން ޑޮލަރު ދިނުން. އެއީ ނެޗުރަލް އިކޮނޮމީއެއްގައި ވާނެ ކަމެއް ނޫން،" އަލީ ހުސެއިން ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސެންޓްރަލް ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް 500 ޑޮލަރުގެ ރޭޓުން މިގޮތަށް ދޫކުރާ ފައިސާއަކީ އެނބުރި އިގްތިސާދީ ސާކިއުލޭޝަންގެ ތެރެއަށް އަންނަ އެއްޗެއް ނޫން ކަމަށެވެ.
މީގެއިތުރުން، އެކުލަވާލެވުނު އާ ގަވާއިދުތަކުގެ ސަބަބުން އިގްތިސާދުގެ ތެރޭގައި ސާކިއުލޭޓްވާ ޑޮލަރުގެ ސަޕްލައިއަށް ބޮޑު ހުރަހެއް އެޅިގެންގޮސްފައިވާކަންވެސް އަލީ ހުސެއިން ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުމުން އެ ފައިސާ މާކެޓުގެ ތެރޭގައި ދައުރުވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިހާރު މުސާރައާއި ސާވިސް ޗާޖު ދިވެހި ފައިސާއިން ދޭންޖެހޭގޮތް ހެދުމުން އިގްތިސާދު ތެރޭގައި ދައުރުވާ ޑޮލަރުގެ މިންވަރު ވަރަށް ބޮޑަށް މަދުވެގެން ގޮސްފައިވާ ކަމަށެވެ.
އަދި ނުސީދާކޮށް މާކެޓު ކުރަން މަޖުބޫރުކުރުމުގެ ނެޓް އިފެކްޓަކީ އިގްތިސާދަށް ނެގެޓިވް އަސަރުތަކެއް ކުރުން ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު