މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ބައެއް ރައްޔިތުންނާއެކު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޚާއްޞަ ބައްދަލުކުރެއްވުމެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މާލޭގައި ދިރިއުޅުއްވާ އައްޑޫގެ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި، އައްޑޫގެ ތަރައްޤީއާ ގުޅޭގޮތުންނާއި، އެމްޑީޕީގެ ވެރިކަމަކަށް އައްޑޫ ރައްޔިތުން ކުރާ އުއްމީދުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އައްޑޫގެ ތަރައްޤީއާމެދު އެ ބޭފުޅުންގެ ހުރި ތަސައްވުރުތައްވެސް މި ބައްދަލުވުމުގައި ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، އައްޑޫގެ ރައްޔިތުން އެދިތިބީ އެމްޑީޕީގެ ވެރިކަމަކަށް ކަމަށާއި، އެ ރައްޔިތުން ބޭނުންވަނީ ހަގީގީ ތަރައްޤީ ކަމަށެވެ. އަދި އައްޑޫ ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ގެނެސްދެވޭނީ އެމްޑީޕީއަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު