ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އާންމުންގެ ދިރިއުޅުމުގެ ހާލަތު ދަތިވަމުންދާތީ އެކަމާ ދެކޮޅަށް މާދަމާ އެމްޑީޕީން ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމާފައިވަނިކޮށް، އެ ޕާޓީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ރައީސް ނަޝީދު ދެއްވާ މި ޕްރެސް ކޮންފަރެންސް އޮންނާނީ މިއަދު (12 އޮގަސްޓް) ހެނދުނު 11:00 ގައި އެމްޑީޕީގެ މައި އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ބެހޭ އިތުރު ތަފްސީލުތަކާއި، ގައުމުގެ މިހާރުގެ ސިޔާސީ އަދި އިގްތިސާދީ މަޝްރަހާ ގުޅޭގޮތުން ޕާޓީގެ ނިންމުންތައް މީޑިއާތަކާ ހިއްސާކުރައްވާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީއިން މާދަމާ މުޒާހަރާއަށް ނުކުންނަ އިރު މުޒާހަރާ މަޖީދީ މަގުގައި ނު ބޭއްވޭނެ ކަމަށް ހޯމް މިނިސްޓަރ އިހުސާން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހުސާން ވިދާޅުވީ ގާނޫނުއަސާސީން އާންމުންނާއި ސިޔާސީ މީހުންނަށް ކަށަވަރުކޮށްދޭ ހައްގުތައް ފުޅާ ދާއިރާއެއްގައި ދިނުމަކީ ސަރުކާރުގެ ވިސްނުން ކަމަށް ވިޔަސް، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަގު ބަންދުކޮށްގެން ހަރަކާތެއް ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނަ ކަމަށާ، އެހެންކަމުން އެމްޑީޕީން މަޖީދީމަގުގައި މުޒާހަރާ ބާއްވަން އެދިފައިވާ ރޭގަނޑުގެ ވަގުތަކީ ކާރޫބާރު ބޮޑު ވަގުތެއް ކަމަށްވާތީ އެ ހުއްދަ ދެވެން ނެތް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު