ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާއި، ގައުމުގެ މުސްތަގުބަލު ބިނާވެފައިވަނީ ޒުވާނުންގެ އުންމީދުތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު މީސްމީޑިއާގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ޒުވާނުންގެ އުފެއްދުންތެރިކަމާއި، ހިތްވަރާއި، އަދި ސާބިތުކަމަކީ ރާއްޖޭގެ މުޖުތަމައުތަކާއި މުޅި ގައުމު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިފަތަކެއް ކަމަށެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ބިނާވެފައިވަނީ ޒުވާނުންގެ އުންމީދުތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ޒުވާނުންނަށް މަތީ ތައުލީމާއި، ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތަކާއި، އަދި މާނަހުރި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން ދޭ އިސްކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
ޒުވާނުން ވަޒީފާގެ މައިދާނަށް އަހުލުވެރި ކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އާއި "ނޭޝަނަލް ސާވިސް ޕްރޮގްރާމް" ފަދަ އިސްނެގުންތަކުގެ ސަބަބުން ތައުލީމީ މަރުހަލާއިން ވަޒީފާގެ މައިދާނަށް ވާސިލުވުމަށް ހުރި މަގުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
އޭގެއިތުރަށް ރައީސް މުއިއްޒު ވިދާޅުވީ ޒުވާނުންގެ އަތްމަތީގައި ރާއްޖޭގެ މިއަދާއި މުސްތަގުބަލު އޮތީ އަމާންކަމާއެކު ކަމަށާއި، އެމީހުންގެ މަސައްކަތުން ރާއްޖެއަށް ފާގަތިކަމާއި، ދެމެހެއްޓެނިވި ތަރައްގީ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު