ދަތިވެއްޖެ މުޒާހަރާ މަޖީދީމަގުގައި ނުކުރެވޭނެ ކަމަށް އިޙްސާން ވިދާޅުވީ ފުލުހުންގެ ބަހަށް ބެލުމެއްނެތި ކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި މިއިން ޒަމާނަކު ތަކެތީ އަގު މައްޗަށް ނުދާހާ މިންވަރަށް ތަކެތީގެ އަގުބޮޑުވެ، ރުފިޔާގެ އަގު ދަށްވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޑޮރަލު ލިބޭ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު ދަތިވެއްޖެ ނަމުގައި މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ އެކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާތީ އެކަން ސަމާލުކަމަށް ގެނައުމަށް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ މުޒާހަރާ އިއުލާނުކުރުމާ ގުޅިގެން ފުލުހުންގެ އިދާރާއިން އެޕާޓީގެ އިންތިޒާމު ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރުމުން މަޖީދީ މަގުގައި މުޒާހަރާ ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވުމަށް އެދިފައިވާނެ ކަމަށެވެ.
"މާލޭގެ މައި މަގުތަކުގައި މިވަގުތު މަރާމާތުގެ މަސައްކަތްތައް ކުރިއަށްދާތީ މަޖީދީ މަގު ފިޔަވައި މުޒާހަރާކުރުމަށް އެކަށީގެންވާ މަގެއް ނުވެސް ނެތްކަމަށާއި އެހެންވީމާ އެފަދަ މުޒާހަރާއެއް ކުރިއަށް ގެންދެވޭނީ ވެސް މަޖީދީ މަގުގައި ކަމަށް ފުލުހުން ބުންޏެވެ. މި މުޒާހަރާ މަޖީދީމަގުގައި ކުރިއަށް ގެންދިއުމަށް ފަހުވަގުތު ފުރުސަތު ނުދީފާނޭ ކަމުގެ ކަންބޮޑުވުން މި ޕާޓީގެ އިންތިޒާމު ކޮމިޓީގެ މެންބަރުން އެވަގުތު ވެސް ފާޅުކުރި އެވެ. އެހެންނަމަވެސް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން ވިދާޅުވީ މިފަހަރު އެހެން ނުވާނެ ކަމަށެވެ." އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ، ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި މި ކަށަވަރުކަން ލިބިފައިވަނިކޮށް، ހޯމް މިނިސްޓަރު އަލީ އިހުސާނު ވަނީ މަޖީދީ މަގުގައި މުޒާހަރާކުރުމުގެ ހުއްދަ އެ ޕާޓީއަށް ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ކަމަށެވެ.
"މިއީ ފުލުހުންގެ ފަރާތުން ދީފައި އޮތް ކަށަވަރުކަމާ ހިލާފަށް، ފުލުހުންގެ ބަހުގެ އިތުބާރު ގެއްލޭ ގޮތަށް މިނިސްޓަރު ދައްކަވާފައިވާ ވާހަކަފުޅެކެވެ." ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނެފައިވަނީ، ޕާޓީން ދަތިވެއްޖެގެ ނަމުގައި މުޒާހަރާކުރަން ނިންމީ ސަރުކާރުގެ ދޯހަޅި އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ދަތިވެފައިވާތީ، ރައްޔިތުންގެ ޝުއޫރު ހުރިގޮތް ސަރުކާރަށް އިއްވުމަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޕާޓީގެ ޒިންމާއެއްކަމަށް ދެކޭތީ ކަމަށެވެ. އަދި އެ މުޒާހަރާ ކުރުމަށް މަޖީދީ މަގު ހިޔާރުކުރީ ވީހާވެސް ގިނަ ބަޔަކަށް މުޒާހަރާގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމަށާއި ވީހާވެސް ގިނަ ބަޔަކަށް މި އަޑު އިއްވުމަށް ކަމަށް އެޕާޓީން ބުނެފައިވެއެވެ.
އޭގެއިތުރުން ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަކީ ޑިމޮކްރަސީގެ އަސާސެއް ކަމަށާއި، މިނިސްޓަރުގެ ވާހަކަފުޅުން ދޭހަވަނީ މި ސަރުކާރަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމު ނުކުރާ ސަރުކާރެއްކަން ކަމަށް އެމްޑީޕީން ފާހަގަ ކޮށްފައިވެއެވެ.
"މިނިސްޓަރުގެ ވާހަކަފުޅު މި ޕާޓީން ކުށްވެރިކުރަމެވެ. މަޖީދީ މަގުގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދެއްވާނޭކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެފައިވީ ނަމަވެސް، މި ޕާޓީގެ އިންތިޒާމު ކޮމިޓީއާ ބައްދަލުކުރެއްވި ފުލުހުންގެ ބަހާ އެއްގޮތަށް، މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މަޖީދީ މަގުގައެވެ." އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ހަމައެއާއެކު ވީހާވެސް ގިނަ ރައްޔިތުން މި މުޒާހަރާގައި ބައިވެރިވުމަށާއި، މުޒާހަރާގެ ބައިވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މުޒާހަރާ ކުރުމުގެ ހައްގުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު