މަރާމާތު ކުރުމުގެ މަސައްކަތަށް ސަރުކާރުން ހަވާލުވި ސަލްޓަން ޕާކާއި ރަސްފަންނު، މިރޭގެ ނިޔަލަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ކައުންސިލްގެ މާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ފުރުޝާން އެވެ. އޭނާ ހުށަހެޅުއްވީ މަރާމާތު ކުރުމަށް ސަރުކާރުން އެ ތަންތަނާ ހަވާލުވިތާ ދޮޅު އަހަރު ވެފައިވާއިރުވެސް، މަސައްކަތް ނުނިމި ދިގުލައިގެންދާތީ މިރޭގެ ނިޔަލަށް އެ ތަންތަން އަނބުރާ ކައުންސިލާ ހަވާލުކުރުމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން މި ހުށަހެޅުން ފާސްކުރީ ބޮޑު އަގުލަބިއްޔަތަކުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރަސްފަންނުގެ މަސައްކަތް ސަރުކާރުން ފެށީ އެތަން މަރާމާތު ކުރުމަށް ބަޔަކާ ހަވާލުކޮށް، އެ ފަރާތުން މަސައްކަތް ފެށުމަށް "ކަޅުދާ" ވެސް ޖަހާފައި ވަނިކޮށް ކަމަށެވެ. މޭޔަރު ތުހުމަތު ކުރެއްވީ، ސަރުކާރުން އެކަން އެގޮތަށް ކުރީ ކައުންސިލް އިންތިހާބުގެ ކެމްޕޭން ދުވަސްވަރު އޭނާއަށް ލިބެމުންދިޔަ ތާއީދުގެ ސަބަބުން ކަމަށެވެ.
ހަމައެއާއެކު އާޒިމް ވިދާޅުވީ ކޮންމެ މަސައްކަތަކީވެސް ފެށޭނެ ތާރީޚަކާއި ނިމޭނެ ތާރީޚެއް އޮންނަންޖެހޭނެ މަސައްކަތެއް ނަމަވެސް، ސަރުކާރުން ރަސްފަންނާއި ސަލްޓަން ޕާކުގެ މަސައްކަތް ކުރަމުންދަނީ އެ އުސޫލުން ނޫން ކަމަށެވެ.
"މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ދަތިވޭ. ޝަކުވާ މި އަންނަނީ އަޅުގަނޑުމެންނަށް." ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް އިޝާރާތް ކުރައްވައި މޭޔަރު ވިދާޅުވިއެވެ.
ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު، ހައުސިން މިނިސްޓްރީން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ރަސްފަންނުގެ ބޭރުތޮށި ރަނގަޅުކޮށް، ވެލި އަޅައި، ހަޓުތައް ހެދުމުގެ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން އެމްޕީއެލްގެ ފަރާތުން އެތަނުގައި ފާހާނާ ބަރިއެއް ހަދާފައިވާއިރު، ސަލްޓަން ޕާކުގައިވެސް ބޮޑު މަރާމާތެއް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު