މިއަދު ބޭއްވުމަށް ކުރިން ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާ ގޮތަށް މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މިއަދު ބާއްވަން އުޅުނީ، ރިސޯޓުތަކަށް ލިބޭ އާމްދަނީން ޑޮލަރު މާރުކުރުން ލާޒިމުކުރާ ގޮތަށް އުސޫލަށް ގެންނަ ބަދަލުގެ ބިލު ފާސްކުރުމަށް ބާއްވާ ޖަލްސާއެކެވެ.
އާންމު އުސޫލެއްގެ މަތިން މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. އެހެންނަމަވެސް، އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ވަނީ މިއަދު އިތުރު ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވާފައެވެ.
އެހެންނަމަވެސް އެ ޖަލްސާގެ އެޖެންޑާއެއް މިހާތަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ރޭ ދަންވަރު 1:30 ހާއިރު މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިއަދު ޖަލްސާ އޮންނާނެކަން އެންގުމަށްފަހު، މިއަދު ހެނދުނު 10:00 ޖަހަން އުޅެނިކޮށް ވަނީ ޖަލްސާ ކެންސަލްކުރިކަން އަންގާފައެވެ.
އަދި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އަންގާނެކަމަށްވެސް މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
މިއަދުގެ ޖަލްސާގައި ފާސްކުރަން އުޅުނު ކަމަށް ބެލެވޭ ޑޮލަރު މާރުކުރުމުގެ ބިލު އިއްޔެ މަޖިލީހަށް ހުށަހަޅައި، ވަގުތުން ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ. އެ ކޮމިޓީން މިއަދު އެ ބިލާމެދު ގޮތެއް ނިންމަން ތާވަލުކޮށްފައިވާއިރު، މިއަދު ހެނދުނު 11:00 އާ ހަމައަށް އެ ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު އަންނަ ހޮނިހިރު ދުވަހު ނިމެން އޮތް ނަމަވެސް، ބިންތައް ސަރުކާރުން ނެގޭ ބިލު ފަދަ މުހިންމު މަސައްކަތްތަކެއް ނިންމަން ހުރިކަމަށް ބުނެ އިއްޔެގެ ޖަލްސާގައި ވަނީ މަޖިލީހުގެ ޗުއްޓީ ފަސްކޮށް، ދައުރު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިގުދަންމަން ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު