ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ނުވަތަ ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މަންސައަކީ އިޖްތިމާޢީ އަދާލަތާއި ރައްކާތެރިކަމާބެހޭ ހުރިހާ މަޝްވަރާއެއްގައިވެސް އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފާޅުކަންބޮޑުގޮތެއްގައި ހިމަނައި، އެފަދަ މަޝްވަރާތަކުން ލިބިދޭ ބިނާކުރަނިވި ޚިޔާލުތައް ސިޔާސަތުތަކެއްގެ ގޮތުގައި ޤައުމީ ފެންވަރުގައި ތަންފީޒުކުރުމުގެ އޮނިގަނޑެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، ސިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ނިޒާމެކެވެ.
މި މަންސައިގެ މައިގަނޑު މަޤްސަދަކީ ރަށު ފެންވަރުން ފެށިގެން އަންހެނުންގެ އަޑު، އަތޮޅު، ސަރަހައްދީ އަދި ޤައުމީ ސިޔާސަތުތައް ކަނޑައަޅާ މަސްރަހުތަކާ ގުޅުވައިދޭ، ބައިވެރިވުން ހިމެނޭ ހިންގުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ ބޭނުމަކީ ރާއްޖޭގައި ނިންމާ ނިންމުންތަކަކީ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮތް އަދި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ ނިންމުންތަކަކަށް ހެދުމެވެ. މިގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން ގުޅުވައިދޭ ނިޒާމެއްގެ ގޮތުގައި "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަތޮޅު/ސިޓީ މަންސަ" ތައް ޤާއިމުކުރެވޭނެއެވެ.
މީގެ އިތުރުން، އަތޮޅު ފެންވަރުގެ މަންދޫބުން ހިމެނޭހެން، ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާ އެކު "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ ޤައުމީ މަންސަ" އެއްވެސް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ޤައުމީ މަންސައިގެ މައިގަނޑު ބޭނުމަކީ އަތޮޅު އަދި ސިޓީ ފެންވަރުގައި ފާހަގަކުރާ ކަންކަން "އަހަރީ އަންހެނުންގެ ސިޔާސަތުގެ އެޖެންޑާ" އަކަށް ބަދަލުކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކުން އަންހެނުން ފާހަގަކުރާ ކަންކަމަށް ބޭނުންވާ ޙައްލުތައް ޤައުމީ ސިޔާސަތުތަކާއި ތަރައްޤީގެ ޕްލޭންތަކުން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމެވެ.
މި މަންސަ ތަޢާރަފުކުރުމަށް ބޭއްވި ބައްދަލުވުން ކުރިއަށްގެންދިޔައީ އޮންލައިންކޮށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މަންސަ ތަޢާރަފުކުރުމުގެ އިތުރުން، މިންތީގެ މަފްހޫމްތަކާއި، ޤާނޫނުތަކާއި، ޤައުމީ ފެންވަރުގައި އަންހެނުންގެ ހާލަތާ ގުޅުންހުރި މުހިންމު ކަންކަމަށް ބައިވެރިން އަހުލުވެރިކުރުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު