ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރީ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ވައްޓާލާފައިވާ ފުން އަނދަވަޅުން ސަލާމަތް ކުރަށްވަމުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަފާސްހިސާބުތަކަށް ބަލާއިރު އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކަތަކާއި ފެންނަން އޮތް ހަޤީޤަތާ ދިމާނުވާ ކަމަށެވެ. އެގޮތުން ރަސްމީ ރޭޓު (15.42 ރުފިޔާ) ގައި ދެ ސަރުކާރު އަޅާކިޔާއިރު، ބޭންކުތައް މެދުވެރިކޮށް ޔޫއެސް ޑޮލަރު ދޫކުރެވުނު ނިސްބަތާއި އަދަދުތައް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގައި މާ ބޮޑަށްވެސް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ސަޢީދު ވިދާޅުވީ، މި ސަރުކާރުން ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްފައިވަނީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ ބިޔަ ބޮޑު ދަރަނީގެ ތެރެއިން 1.2 ބިލިއަން ޑޮލަރު ދައްކައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.
ހަމައެހެންމެ، ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޓީޓީތަކާއި، ބޭސްފަރުވާގެ ބޭނުންތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ފައިސާއާއި، ޙައްޖާއި ޢުމްރާގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރާ ޑޮލަރުވެސް ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުން މާ ގިނައިން ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު އެގެންދަވަނީ، އެމްޑީޕީން މި ޤައުމު ވައްޓާލި އިޤްތިޞާދީ އަނދަވަޅުން ސަލާމަތް ކުރައްވަމުން،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އޭގެއިތުރުން މި ސަރުކާރުން ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވެފައިވާއިރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ޑޮލަރުގެ އަގު ތިރިވާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހިސާބު ޢަދަދުތައް ދައްކަނީ މިކަމުގައިވެސް އެމްޑީޕީގެ އަޑާއި މަންޒަރު ދިމާނުވާކަން.
— Mohamed Saeed (@em_saeed) August 13, 2026
މިދެންނެވީ، ރަސްމީ ރޭޓު (15.42ގެ ރޭޓުން)، 2 ސަރުކާރު އަޅާކިޔާލާއިރު، ބޭންކު މެދުވެރިކޮށް ޔޫއެސްޑޮލަރު ދޫކުރެވުނު ނިސްބަތް އަދި ޢަދަދުތައް މާބޮޑަށްވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން (މީގެ… pic.twitter.com/FbPpCylX7a
ހަމައެހެންމެ، ބޭންކުތަކުން ވިޔަފާރިތަކަށް ދޫކުރާ ޓީޓީތަކާއި، ބޭސްފަރުވާގެ ބޭނުންތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ފައިސާއާއި، ޙައްޖާއި ޢުމްރާގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ދޫކުރާ ޑޮލަރުވެސް ކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރުން މާ ގިނައިން ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް މުޢިއްޒުގެ ވެރިކަމުގައި އެމަނިކުފާނު އެގެންދަވަނީ، އެމްޑީޕީން މި ޤައުމު ވައްޓާލި އިޤްތިޞާދީ އަނދަވަޅުން ސަލާމަތް ކުރައްވަމުން،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އޭގެއިތުރުން މި ސަރުކާރުން ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވެފައިވާއިރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ޑޮލަރުގެ އަގު ތިރިވާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު