މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަށް ބޭފުޅަކަށާއި ކުންފުންޏަކަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަރުކާރުން އަރުވައިފިއެވެ.
ހއ. އުތީމުގައި މިއަދު ބޭއްވުނު މި ހާއްސަ ޖަލްސާގައި، އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާއި ދާއިރާތަކަކީ:
- ހައްވާ ލަތީފު (މުޝްތަރީގެ، ގއ. ދާންދޫ): އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ.
- މުހައްމަދު ނަސީރު (ދަނބުގެ، ހދ. ވައިކަރަދޫ): ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ.
- ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު (ހުޅުމާލެ): ދިވެހި ތާރީހުގެ ދާއިރާ.
- މުހައްމަދު އަހުމަދު (ވިނަރެސް 10): ސިއްހީ ދާއިރާ.
- ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާ.
- އަރުޝަދު އަހުމަދު (ފަހިވާ، ހއ. އުލިގަން): މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ.
- އާއިޝަތު ނައުރާ (ހ. ސީޓް): ކުޅިވަރުގެ ދާއިރާ.
- އިސްމާއީލް އަބްދުލްޣަފޫރު (ހ. އަރިހިޔާ): ވިޝުއަލް އާޓްސްގެ ދާއިރާ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ވަނީ ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ނުހަނު ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އަލްމަރުހޫމް އިހްސާން އަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް ވެސް ހިދުމަތުގެ ގައުމީ އިނާމު އަރުވާފައެވެ.
ގައުމީ އިނާމަކީ ދިވެހި ގައުމާއި މުޖުތަމައުގެ ލާބައަށްޓަކައި، ވަކިވަކި ފަރުދުންނާއި، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ވިޔަފާރި އިދާރާތަކުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ބަލައިގަނެ، އެކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދައުލަތުން ދެއްވާ އެންމެ މަތީ ޝަރަފެވެ. މި އިނާމު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.
މި އިނާމުތަކުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ތަރައްގީއަށް އެކި ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެހެން ފަރާތްތަކަށް އެފަދަ ހިދުމަތްތަކުގައި ކުރިއަށް ދިއުމުގެ ޝައުގުވެރިކަން އުފެއްދުމެވެ.

ކިޔުންތެރިންގެ ހިޔާލު