އޮފީހަށް ގަޑިއަށް ހާޒިރުވުމަށާއި، މަސައްކަތުގައި ބުރަކޮށް ވަގުތު ހޭދަކުރުމުގެ އިތުރުން ސަލާމް ބުނުން އާދަޔަކަށް ނުހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިކަމަށް އެދިވަޑައިގަތީ ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ގައުމީ ދުވަހު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު ކަމަކީ މުޖުތަމައުގައި ތަހުޒީބު ސިފަތަކާއި އަހުލާގީ އަގުކުރުންތައް އާލާކުރުމަށް ކަމަށެވެ.
އެގޮތުން ދިވެހިންނަކީ އެކަކު އަނެކަކަށް ގަދަރުކުރާ، އިހުތިރާމް އަދާކުރާ އަދި އެއްބައެއްގެ އިހުސާސް ދިރުވާ ބަޔަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓެކްސީ ދަތުރު ނިންމާފައި ޑްރައިވަރަށް ޝުކުރު އަދާކުރުމާއި، ލިފްޓަށް އަރާއިރު ފަހަތުން އަންނަ މީހާއަށް މަޑުކޮށްލުމާއި، މަގުމަތިން ހިނގާއިރު އެހެން މީހުންނަށް ޖާގަ ދިނުން ފަދަ ކުދިކުދި ކަންކަމުން މުޖުތަމައުގައި ކުލުނާއި ހިތްހަމަޖެހުން އުފެދިގެންދާނެ ކަމުގެ މިސާލުތައްވެސް ރައީސް ދެއްވިއެވެ.
މަސައްކަތުގެ މާހައުލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުވައްޒަފުން އޮފީހަށް ގަޑިއަށް ހާޒިރުވެ، ހަވާލުވެފައިވާ ޒިންމާތައް ފަރުވާތެރިކަމާއެކު އަދާކޮށް، އޮފީސް ނިމެންދެން މަސައްކަތުގައި ހޭދަކުރުމަކީ ދައުލަތަށްވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އަދި މިއީ ގާނޫނީ ގޮތުން ލިބިދޭ ހައްގުތަކާއި ލުއިތައް ބޭނުން ނުކުރަން ވިދާޅުވި ވާހަކަފުޅެއް ނޫން ކަމަށާއި، ނަމަވެސް އެދިވަޑައިގަންނަވަނީ މަސައްކަތުގެ އަހުލާގުގައި އަމާނާތްތެރިވެ ތެދުވެރިވުމަށް ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުން މަސައްކަތުގެ އަހުލާގަށް އިހުތިރާމްކޮށްފިނަމަ، ހިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް އެކަމުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ.
އަދި މީގެ ސަބަބުން މަސައްކަތުގެ ނަތީޖާ އިތުރުވެ، މުޅި މުޖުތަމައަށާއި ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު