ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނަގާ ގޮތަށް ޓެކުހާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރާނީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ފަލާހު މިއަދު ވިދާޅުވީ، ކޮމިޓީ މަރުހަލާގައި މި ބިލު ދިރާސާ ކުރާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަޑުއަހައި، އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ހޯދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ދާއިރާއަށް އެއްވެސް ގެއްލުމެއް ނުވަތަ ލޮޅުމެއް ނާންނާނެ ގޮތަށް ކަންކަން ނިންމަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"ކޮމިޓީ މަރުހަލާގައި، ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންނާ މަޝްވަރާކުރާނަން، އެ ބޭފުޅުންގެ ލަފަޔާއި އިރުޝާދު ހޯދާނަން. އެ ބޭފުޅުން ދޭ ހެޔޮލަފާ ގަބޫލުކުރާނެ މި ސަރުކާރުން. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް ހަމަ އެ ކަންކަން ގަބޫލުފުޅު ކުރަށްވައިގެން މި ސަރުކާރުން، މި ދާއިރާއަށް ހަމަ އެއްވެސް ކަހަލަ ލޮޅުމެއް ނާންނާނެ ގޮތަށް، ރައްޔިތުންނަށް ފައިދާވާ ގޮތަށް އިރާދަކުރެއްވިއްޔާ މި އިސްލާހުތައް ފާސްކުރާނެ." ފަލާހު ވިދާޅުވިއެވެ.
މީގެއިތުރުން ފަލާހު ވިދާޅުވީ، މި ބިލަށް ގެންނަ އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި ރިސޯޓް ނުވަތަ ގެސްޓްހައުސް ހިންގާ ދިވެހި ވިޔަފާރިވެރިން އިތުރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވިއްކައިގެން ބޮޑެތި މަންފާތައް ހޯދަމުންދާ ބޭރުގެ ކުންފުނިތަކުން ވެސް ރާއްޖޭގެ ވިޔަފާރިވެރިންނެކޭ އެއްފަދައިން ހަމަހަމަ ގޮތެއްގައި ދައުލަތަށް ޓެކްސް ދައްކާނެ ނިޒާމެއް ގާއިމުކުރުމެވެ.
"އެހެންވީމާ އެ ބޭފުޅުން ވެސް ޖެހޭނެ ރާއްޖޭގައި މިތިބަ ރާއްޖޭގެ ވިޔަފާރިވެރިން އެ ދައްކާ މިންވަރު މީރާއަށް ދައްކަން." ފަލާހު ވިދާޅުވިއެވެ.
މި ބިލާއެކު ހުށަހަޅާފައިވާ ކޯސްޓް އެސްޓިމޭޓަށް ބަލާއިރު، މި ނިޒާމު ގާއިމުކުރުމަށް ދައުލަތުން އެއްފަހަރާ ކުރަންޖެހޭ ޚަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ އަދި މުވައްޒަފުންގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ބެލެވެއެވެ.
އޮފްޝޯ ޕްލެޓްފޯމުތައް މީރާގައި ރަޖިސްޓްރީކޮށް ޓެކްސް ދައްކަން ފަށާނީ، އެ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީގެންނެވެ. މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މިބިލާ އެއްގޮތަށް ޓެކްސް ދައްކަން ފެށުމުން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން ލިބޭނެ ކަމަށް ލަފާކުރާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުންގެ އަތުން ލިބޭނެ ކަމަށް ބެލެވޭ 1.3 ބިލިއަން ރުފިޔާއާ އެކު، ޖުމްލަ އަހަރަކު ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރުވެގެންދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު