ފޮޓޯ: އެމްޑަބްލިއުއެސްސީ
ފޮޓޯ: އެމްޑަބްލިއުއެސްސީ
މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އިސްވެރިންނަށް ޚާއްޞަކޮށްގެން އެމް.އެން.ޑީ.އެފް. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ "ލީޑަރޝިޕް ޕްރޮގްރާމް" އެ ކުންފުނީގެ އިސްވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީ ވިދާޅުވީ، މި ޕްރޮގްރާމަކީ އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި، އަޚުލާޤާއި، ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން މަސައްކަތުގެ މައިދާނުގައި ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުން ޙާސިލުކުރެވުނު ޢިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މަސައްކަތުގެ މާޙައުލުގައި ޓީމުތަކުގެ ޤާބިލުކަން އިތުރުވެ، މުސްތަޤުބަލަށް ފުރިހަމައަށް ތައްޔާރުވެފައިވާ ލީޑަރުންތަކެއް އުފެދިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



މީގެ ސަބަބުން ކުންފުނީގެ ޖުމްލަ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ޤައުމަށް ބޭނުންތެރި، ޤާބިލު ލީޑަރުން ބިނާކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަމާއި އަހައްމިއްޔަތުކަން ފާހަގަކުރައްވައި ފަހުމީ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް އަދި އެމްއެންޑީއެފްގެ ލީޑަރޝިޕުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި އެ ފަރާތްތަކަށްވެސް އޭނާ ވަނީ ފަށްފަށުން ޝުކުރު ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު