ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ 20 ވަނަ ދައުރު ނިމިގެންދާއިރު، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ހިމެނޭހެން އެކި މަސައްކަތްތަކުގެ ފުރިހަމަ ބާރުވެރިކަން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ސަލީމް މިހެން ވިދާޅުވީ، ރާއްޖޭގައި ކުރިއަށްގެންދާ ކޮންސްޓްރަކްޝަން އެކި މަޝްރޫއުތަކުގައި ބައިވެރިވާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގަމުން އަންނަ ވިތުހޯލްޑިން ޓެކްސް 10 އިންސައްތައަށް ބޮޑުކުރުމަށްޓަކައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައެވެ.
މި ބިލަށް ބަހުސްކުރައްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ސަރުކާރުގެ މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިދިކޮޅު މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ދިވެހި ކުންފުނިތަކަށް ހަގީގީ ފައިދާއެއް ކުރާނީ އެ ފަރާތްތަކަށް ސަރުކާރުން ދޭންޖެހި ނުދެވި ހުރި ފައިސާތައް ދައްކައި ޚަލާސްކޮށްގެންނެވެ. މީގެއިތުރުން، ބޭރު ކުންފުނިތަކުން ނަގާ ޓެކްސް އިތުރުކުރި ނަމަވެސް، ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރުމަށްފަހު، އެ ކުންފުނިތަކުން އަނެއްކާވެސް ބޭރުގެ ފަރާތްތަކަށް އެ މަސައްކަތްތައް ދޭނަމަ ދިވެހި ކުންފުނިތަކަށް އޭގެ އެއްވެސް މަންފާއެއް ނުކުރާނެ ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އެމްއޭސީއެލް ފަދަ ކުންފުނިތަކުން ހިންގާ ފްލެޓް މަޝްރޫއުތައް ޗައިނާ އަދި އިންޑިއާގެ ކުންފުނިތަކާ ހަވާލުކުރަމުންދާ ކަމަށްވެސް އިދިކޮޅު މެންބަރުން ތުހުމަތުކުރެއްވިއެވެ.
އިދިކޮޅު ފަރާތްތަކުގެ މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ، ސަރުކާރުން ހުށަހެޅި މި ބިލަކީ ބޭރުގެ ކުންފުނިތަކުގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު ބަދަލެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް އިތުރު ފުރުސަތުތައް ފަހިވެ، މުޅި ގައުމުގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ، ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކީ ކިތަންމެ ފައިދާހުރި ބިލެއް ކަމުގައި ވިޔަސް، އެއީ ގޯސް އެއްޗެއްގެ ގޮތުގައި ދެއްކުމަށް އިދިކޮޅު މެންބަރުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މަޖިލީހުގެ ތަޅުމަކީ ހިތުހުރި އެއްޗެއް ގޮވުމަށް އޮތް ތަނެއް ނޫން ކަމަށް ވީނަމަވެސް، އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން ބައެއް ހާލަތްތަކުގައި އެ މެންބަރުން ވެއްޓޭ ފެންވަރަށް ވެއްޓިގެން ނޫނީ ރައްދު ދެވެން ނޯންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު